ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮސްގެން ބާއްވާ ވެޓެރަންސް ފުޓްސަލް މުބާރާތުގައި މިފަހަރުވެސް ބައިވެރިވެފައި ވަނީ 7 ޓީމުންނެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހު 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އޭޕްރީލް މަހުގެ 22 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައި ވަނީ:
ޓީމް ފެނަކަ
އައިޑިއަލް ސްކޫލް ޓީމް
އެފްސީ ދިގުވާނޑު
ދަޑިމަގު ނެރަގަނޑު
ފުވައްމުލައް ސިޓީ ޕޮލިސް ޓީމް
އެމްއެންޑީއެފް ފުވައމްުލައް ޕޯސްޓްގެ ޓީމް
މާލެގަން ޔޫތު ފައުންޑޭޝަންގެ ޓީމެކވެ.
މިއީ އެ އިދާރާއިން ބާއްވާ ދެވަނަ ވެޓަރަންސް ފުޓްސަލް މުބާރާތެވެ. އެއިދާރާގެ ކުޅިވަރު ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ރޯދައިގެ ފަހުން ކުރިޔަށް ގެންދިއުމަށް އަދި އިތުރު ގިނަ މުބާރާތްތަކެއް ރާވާފައި ވެއެވެ.
+1
+1
ޚިޔާލުތައް