A wide advertisement which will be shown on all devices. (700 x 100)

ސިޓީި ކައުންސިލުގެ މުބާރާތްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެންމެ ހިންގުންތެރި އަތޮޅު ކައުންސިލަށް ދޭ ޓްރޮފީ 2017 ގައި ފުވައްުލަކު އަތޮޅު ކައުންސިލުން ހާސިލުކުރި. ފޮޓޯ:ފވމ ސިޓީ ކައުންސިލް

މިއަހަރު ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެގޮތުން ހުޅުވާލާފައިވާ މުބާރާތްތަކަކީ އަންނަ ޖޫން މަހު 24 ގައި ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތާއި، ޖުލައި މަހު 22 ގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތާއި، ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމaޖެހިފައިވާ ސާރފިން ފެސްޓިވަލް 2018 އާއި، އަހަރު ފަހު ކޮޅު، ނޮވެމްބަރު މަހު ބޭއްވުމަށް ރޭވިފައިވާ ފުވައްމުލަކު ސިޓީ ކައުންސިލްގެ ފުޓުބޯޅަ މުބާރާތާއި، އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުވައްމުލަކު ސިޓީ ކައުންސިލްގެ ވޮލީބޯޅަ މުބާރާތާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ މަދަޙަ މުބާރާތް، ފުވައްމުލަކު ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތެވެ.

މި ހަރަކާތްތައް ސްޕޮންސަރ ކުރައްވާ ބޭނުންފުޅު ވާފަރާތަކުން 7971626 ނަމްބަރު ފޯނާއި ގުޅުއްވައިގެން ސްޕޮންސަރ ކުރެއްވުމާއި ގުޅޭ މައުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގެ އިތުރުން ވެސް ބައެއް އިތުރުން ހަރަކާތްތަކެއް ސިޓީ ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި ހިމަނާފައިވެއެވެ. މިހާރު ތާވަލް ކުރެވިފައިބާ ތާރީޚުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ސިޓީކައުންސިލުން ހާހަކުރައްވާފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !