A wide advertisement which will be shown on all devices. (700 x 100)

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ފުވައްމުލަކަށް ވަޑައިގެންނަވަނީ

މެޑަމް ފާތުން ފުވައްމުލަކަށް ވަޑައިގަންވާކަން ހާމކުރުމަށް ތައްޔާރުކުރެވިފައިވާ އިޝްތިހާރެއް

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮންރަބުލް އަބްދުއްﷲ ޔާމީނުގެ އަނބިކަބަލުން ފާތިމަތު އިބުރާހިމް ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަން ތައްޔާރުވެފައިވާ ކަމަށް މިކަލް ނޫހަށް ޚަބަރު ލިބެއެވެ. ފާތިމަތު އިބުރާހިމް (މެޑަމް ފާތުން) ފުވައްމުލަކަށް ވަޑައިގަންނަވާ ވަކި ޚާއްސަ ބޭނުންމެއް އާއްމުކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

މާދަމާ، 2 މެއި ވާ ބުދަ ދުވަހުގައި ފުވައްމުލަކަށް ވަޑަައިގެން ޕީޕީއެމްގެ ވެރިކަން ކުރާ ފެކްޝަނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ބުދަ ދުވަހު ފުވައްމުލަކަށް ވަޑައިގެން ކަމުގައި ވިޔަސް ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުއެވެ. ނަމަވެސް ބައްދަލުވުން ބާއްވާނެ ތަނަކާއި ގަޑިއެއް އަދި އާއްމު ކޮށްފައެއް ނުވެއެވެ.

މެޑަމް ފާތުން ފުވައްމުލަަކށް ވަޑައިގަންނަވާ އިރަށް، ރައީސް ޔާމީނަށް ތާއިދު ކުރާ ފުވައްމުލަކުގެ ސަޕޯޓަރުން މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެއެވެ.

ބެލެވޭ ގޮތުގައި މިއީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނަށް ކެމްޕޭން ކުރުމުގެ ގޮތުން މެޑަމް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ބައެކެވެ. ނަމަވެސް ފާހަގަ ކުރެވޭ ކަމަކީ މެޑަމް ފާތުން އާއި އެއްވަރަކަށްވެސް ރައީސް ޔާމީނަށް ރައްޔިތުންނާއި ގާތުން ބައްދަލު ނުކުރެވޭ ކަމެވެ.

ރައީސް ޔާމީނު އާއްމު ރައްޔިތުންނާއި ބައްދަލު ކުރެއްވުން ފެންނަނީ ވަރަށް މަދުންނެވެ.

އާއްމުގޮތެއްގައި ރައީސް ޔާމީނުގެ އަނބިކަނބަލުން، މެޑަމް ފާތުން ރަށްރަށަށް ވަޑައިގަންނަވާއިރަށް ކުރިއާލާ ދޫލަ އެޅުމަށާއި ސެކިއުރިޓީ ބެލެހެއްޓުމަށް ސަލާމާތީ ޚިދުމަތްދޭ ފަރާތްތަކުން އެރަށަކަށް އަރާ ތައްޔާރު ވެއެވެ. މީގެ އިތުރުން މެޑަމް ފާތުން އާއިއެކު ސެލްފީ ނަގާނެ ވަކިބަޔަކު ކުރިން ކަނޑައާޅާ ރިހާސަލްތައް ބާއްވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލުތައް ފާޅުކުރެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !