17 އޯގަސްޓް 2018 (ހުކުރު)


މޫސުން ގޯސްވެ ފުވައްމުލަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް

އެކޫވެދަރގެ މޫސުމީ މޮޑެލް- ފުވައްމުލަކަށް ތޫފާނުގެ އަސަރުކުރާނެ ކަމަށްލަފާ ކުރެވޭ.

އެކޫވެދަރގެ މޫސުމީ މޮޑެލް- ފުވައްމުލަކަށް ތޫފާނުގެ އަސަރުކުރާނެ ކަމަށްލަފާ ކުރެވޭ.

ރާއްޖޭގެ އިރު ދެކުނުން އައްޑުއާއި ގާތްގަޑަކަށް 3000 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ފުވައްމުލަކަށް ވެސް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މޫސުމީ މައުލޫމާތު ހިއްސާ ކުރާ ވެބްސައިޓްތަކާއި ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން އާއްމުކޮށްފައިވާ މޫސުމާއިބެހޭ ބަޔާންތަކުން އެނގޭ ގޮތުގައި ފުވައްމުލަކަށާއި ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދަރާއިން ލަފާކުރާގޮތުގައި ކުރިޔަށް އޮތް 24 ގައިޑިއިރު މިތޫފާނުގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެއެވެ. ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނުގެ ރަށްރަށަށް އުދަ އަރާނެކަމަށް ވެސް ލަފާ ކުރެއެވެ. ފާއިތުވި މަހުގައި3 ދުވަސް މަތިން ފުވައްމުލަކަށް ވަނީ އުދަ އަރާފައެވެ. 

ފުވައްމުލަކަށް އުދަ އަރާނެކަމަށް ބޮޑަށް ލަފާ ކުރަނީ މިރޭ ދިޔަވަރު ބޮޑުވާ ގަޑި ކަމަށްވާ ދަންވަރު 2:30 ގެ ފަހުންނާއި މާދަމާ (2 މެއި) މެންދުރު ފަހު 3:00ގެ ފަހުންނާއި އެރޭގެ 3 ޖާހާ އެހާކަށްހާއިރާއި އަދި އަނެއް ދުވަހުގެ 4 މެއި ގެ މެްނދުރު ފަހު 3 ޖާހަކަށް ހާއިރެވެ. 

މިގަޑި ތަކުގައިއުދަ އަރާފާނެ ކަމަށް ސަމާލުވުމަށް މެޓް އޮފީން ވަނީ ބަޔާން ނެރެފައެވެ.   

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!