14 ޑިސެމްބަރ 2019 ( ހޮނިހިރު )

ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗްގެ އުތުރު އަދި ދެކުނު ޔުނިޓްގެ ބޯޑް މެމްބަރުން

ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗްގެ ޔުނިޓްތަކުގެ މަގާމްތަކަށް މެމްބަރުން އިންތިހާބުކޮށްފި

ދިވެހި ރެޑް ކްރެސެންޓްގެ ޏ.ބްރާންޗްގެ އުތުރު އަދި ދެކުނު ޔުނިޓްގެ މަގާމްތަކަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.
ދިވެހި ރެޑް ކްރެސެންޓްގެ ޏ.ބްރާންޗްގެ އުތުރު ޔުނިޓްގެ ލީޑަރ އަކަށް އިންތިހާބްވެފައިވަނީ އަހްމަދު ޖަވާދު، ނަލަހިޔާގެ އެވެ. އެޔުނިޓްގެ ޔޫތު މެމްބަރަކަށް އިންތިހާބުވީ ހުސައިން އަރީޝް، ފަރުވާ އެވެ. އާންމު މެމްބަރަކަށް އިންތިހާބުވީ މަރިޔަމް ޝިއުނާ، ޝީޝާ އެވެ.
ދެކުނު ޔުނިޓްގެ ޔުނިޓް ލީޑަރަކަށް އިންތިހާބުވީ އަހްމަދު ހަމީދު، ލައިޓް އެވެ. ޔޫތު މެމްބަރަކަށް އިންތިހާބުވީ ޚަދީޖާ މުހައްމަދު، ރަންބަގީޗާގެ އެވެ. އާންމު މެމްބަރަކަށް އިންތިހާބުވީ ފަޒީނާ ސައީދު، ސޯސަންވިލާ އެވެ.
އާދީއްތަ ދުވަހުގެ ރޭ ޒިކުރާ ސުކޫލްގައި ބޭއްވި ފުވައްމުލަކު އުތުރު އަދި ދެކުނު ޔުނިޓްގެ ޔުނިޓް އެސެމްބްލީގައި ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗްގެ މިއަހަރުގެ އަހަރީ ޕްލޭނާއި މިދިޔަ އަހަރު ހިންގި ހަރަކާތްތަކުގެ ރިޕޯޓް މެމްބަރުންނާއި ހިއްސާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު