20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ނުބައި ފެށުނު ހިސާބާއި މެދު އާޒިމާއި ޖަމީލު ބަހުސަކަށް

އިދިކޮޅު އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް ނަޝީދު އެމަނިކުފާނުގެ ކެމްޕެއިން އިފުތިތާހުކުރުމަށް އައްޑު އަތޮޅުގައި ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެމަސައްކަތަށް އެމަނިކުފާނު ހޮއްވަވައިދެއްވުމަށް އެދިލައްވާފައި ވަނިކޮށް އެއަށް ފާޑުވިދާޅުވެ ޓްވީޓާ މެދުވެރިކޮށް ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ޕާޓީތައް ގުޅިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެތައް ނުބައެއްގެ ފެށުން ކަމަށެވެ. “ރާއްޖެއަށް ބޭނުންވަނީ ތެދުވެރި ލީޑާޝިޕެއް، ގާނޫނު އަސާސީ އިސްލާހުކޮށް ޖުޑީޝިއަރީ އާއި ލޯ އެންފޯސްމަންޓް އެޖެންސީ ތަކުގެ މިނިވަންކަން ގާއިމްކުރަން ޖެހޭ،” އިދިކޮޅު ޕާޓީތަކުން ކުރިން އުފެއްދި އުފެއްދި ކޯލިޝަން، އެމްއޯޔޫގެ ލީޑަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މިޓްވީޓަށް ރައްދު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ނުބައި ފެށުނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައި ހިސާބުން ނޫން ކަމަށެވެ. ނަމަވެސް ބަޣާވާތަކުން ވެރިކަން ވައްޓާލާ، އަމިއްލަ މަންފާއައްޓަކާ ވަގަކު ވެރިކަމަށް ގެނައުމަށް އަތުގައި ހިފައިގެން މަސައްކަތް ކުރި ހިސާބުން ކަމަށެވެ.

ރަނިންމޭޓުގެ ގޮތުގައި ޑރ.ޖަމީލުވަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު