A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް މިސްރާބު ޖަހާފައިވާ ކަމަށް، ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތްއައުޓް ބޯޑާރސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް އިން ދައްކައިފިއެވެ. ރިޕޯރޓާސް ވިތުއައުޓް ބޯޑާރސް އިން ނެރުނު 2015 ވަނަ އަހަރުގެ އިންޑެކްސް އިން ރާއްޖެ ގޮސްފައިވަނީ ސެންޓްރަލް އެފްރިކާ އަދި ނައިޖީރިއާގެވެސް ފަހަތުން 112 ވަަނަ އަށެވެ.

މި އިންޑެކްސް އިން ދައްކާ ގޮތުން 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ގޮސްފައިވެއެވެ. އެގޮތުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު 103 ވަނަގައި އޮތުމަށްފަހު 2014 ވަނަ އަހަރު 108 ވަނަ އަށް ފަހަތަށް ޖެހުނު އިރު 2015 ވަނަ އަހަރު 112 ވަނައަށް ސޮއްސާލިއެވެ. 180 ގައުމު ހިމަނާފައިވާ މި އިންޑެކްސް އިން ރާއްޖެ އެންމެ ކުރިއަށް ޖެހިފައިވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުއެވެ. އެއީ 2008 ވަނަ އަހަރު 104 ވަނާ ގައި އޮތުމަށްފަހު 2009 ވަނަ އަހަރު 51 ވަނަ ޖެހިލި ޖެހިލުމާއި 2009 ވަނަ އަހަރު 52 ވަނަ ގައި ހިފެހެއްޓުމެވެ.

ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާލާއިރު ރާއްޖެއަށް ވުރެ ކުރި ލިބެނީ 104 ވަނަ ލިބުނު ބޫޓާނާއި 105 ވަނަ އަށް ދިޔަ ނޭޕާލަށެވެ. އެންމެ ފުލުގައި އުޅެނީ 165 ވަނަ ލިބިފައިވާ ސްރީލަންކާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !