18 ޖުލައި 2018 (ބުދަ)


މާދަމައަކީ 'މާހިބުން' ދުވަސް

މި އަހަރުގެ މާހިބުން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓަރެއް

މި އަހަރުގެ މާހިބުން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓަރެއް

މާދަމައަކީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީއްސުރެ ފުވައްމުލަކު މީހުން ގެއާއި ގޯތިތެރެ ސާފުތާހިރުކޮށް، ޒީނަތްތެރި ކުރުމުގެ މަސައްކަތް ނިންމާލާ ދުވަހެވެ. މިނިންމުން ގުޅިފައި ވަނީ އެކުވަރި މަޖާ މާހައުލެއްގައި އާއިލާތަކުގެ މީހުން އެއްވެ ޚާއްސަ ކެއުމަކާއި އެކު ހަށިގަނޑު ވެސް ދޮވެ ސާފުކޮށްލުމާއެކުވެ. އެގޮތުން 'މޫދެ ހެނުން' ފާހަގަ ވެގެން ދެއެވެ.

ފުވައްމުލަކުގެ މިއާދަ ގުޅިފައިވާ އަނެއްކަމަކީ ރޯދަ މަހަށް ހަނދު ބެލުމެވެ. މިއީ ރާއްޖޭގެ ގިނަ ބަޔެއްގެ ވެސް އާދަކާދައެކެވެ. ރާއްޖޭގެ ކަލަންޑަރުގައި ވާގޮތުން މާދަމައަކީ ޝައްވާލް މަހުގެ 29 ވަނަ ދުވަހެވެ. އަދި މިމަހުގައި ހަނދު ފެންނާނެކަމަށް ކަލަންޑަރުގައި ވެއެވެ.

ނަމަވެސް މިއާދަ ތަކަށް ތަފާތު ބަދަލުތަކެއް އަންނަމުންދެއެވެ. މިހާރުގެ ގިނަބަޔަކު މިދުވަސް ފާހަގަ ކުރަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހަނދުބެލުމާއި ގުޅުވާލެވިފައިވާ ޕިކްނިކެއްފަދަ ކެއުމަކުންނެވެ. މި ޕިކްނިކް ބާއްވަނީ ގިނަ ފަހަރަށް ރަށުގެ ހުޅަނގު ފަރާތުގައެވެ. ނުވަތަ ހުޅަގުފާރާތުން ހަނދު ފާއްދާލާނެ ކަމަށް ބެލެވޭ ހިސާބު ފެންނަ ހިސާބެއްގައެވެ.

ފާއިތުވި ބައެއް އަހަރުތަކުގައި ފުވައްމުލަކު ތުނޑީގަިއ ގިނަ ބަޔަކު ބައިވެރިވާ ގޮތަށް މިފަދަ މާހިބުން ދުވަސްތަކެއް ބާއްވާފައއި ވެއެވެ. އަދި މމިއަހަރު ވެސް މާހިބުން ދުވަހާއި ދިމާކޮށް ޕިކްނިކެއް ތުނދީގަިއ ބެއްވުމަށް ބަޔަކު ހަރަކާތްތެރިވިކަން ސޯޝަލް މީޑިއާއިން ހާމެވެފައި ވެއެވެ. ނަމަވެސް މިކަމުގެ މާބޮޑު ތަފުސީލެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ނަމަވެސް ބެލެވޭ ގޮތުގައި މަދަމާވެސް ފުވައްމުލަކުގެ އާއިލާ ތަކުން މާހިބުން ދުވަސް ފާހަގަ ކުރާނެއެވެ. 

ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މާހިބުން ދުވަސް ފަހަގަ ކުރުމަކީ ފުވައްމުލަކުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މާދަމާ ސްކޫލްތްކުގެ ދަރިވަރުންނަށް  މިދުވަހާއި ގުޅޭ ގޮތުން ހަރަކާތްތައް ހިންގުމަކީ ގައުމީ މުގައްރަރުގައިވާ ދިވެހިވަންތަ ދަރިވަރުންތަކެއް އުފެއްދުމަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!