17 އޮކްޓޯބަރ 2018 ( ބުދަ )

banner

ރޯދަ ހަނދު މިއަދު ނުފެނި ދާނެ.

މިއަދު ރާއްޖެއަށް ރޯދަ ހަނދު ހަމަ ނުފެންނާނެ ހެއްޔެވެ؟

މިއަދަކީ ރޯދަ ހަނދު ބަލާ ދުވަހެވެ. އާއްމުކޮށް ހިޖުރީ ކަލަންޑަރުގެ ދެ މަހުން އެއްމަހަކީ 29 އަދި އަނެއް މަހަކީ 30 ދުވަސް ހިމެނޭ މަސްތަކެއްގެ ގޮތުގައި ބަލަމުން އާދެއެވެ. އެއި ހަނދު އަރާތޯ ބަލައިގެން މަސްތައް ގުނާ ނުވަތަ ހަނދުމަހުގެ މަސްތަކެވެ. ދެމަހުން އެއްމަހު އެ މަހުގެ ހަނދު 29 ވަނަ ދުވަހު ފެންނާނެ ކަމަށާއި އަދި އަނެއްމަހު ހަނދު ނުފެންނާނެ ކަމަށް ބަލައެއެވެ. އެގޮތުން ހަނދު ނުފެންނަ މަސްތަކުގައި 30 ދުވަސް ކަމަށް ބަލާ އުޅެއެވެ. މިގޮތަށް ބެލުމުގައި ފަލަކީ ހިސާބުތަކަށް ވެސް ރިއާޔަތް ކުރެއެވެ.

ހިޖުރީ ކަލަންޑަރުން ރަމަޟާން މަސް ނުވަތަ ރޯދަ މަސް އަންނަނީ ޝައުބާން މަހަށްފަހު ގައެވެ. ވުމާއެކު ޝައުބާން މަސް ނިންމުމަށް ނުވަތަ ރަމަޟާން މަސް ފެށުމުގެ ގޮތުން ހަނދު ބަލަން ދިއުމަކީ ދީނީ ގޮތުން ވެސް ކުރަމުން އަންނަ ކަމެކެވެ. އަދި އާދަ-ކާދައެއްގެ ގޮތުން ވެސް ރާއްޖޭގައި ކުރަމުން އަންނަކަމެކެވެ. އެއީ ރަމަޟާން މަހަކީ މުސްލިމުންނަށް މުހިންމު އަޅުކަމެއް ކަމުގައި ވާ ރޯދަ ހިފުން ފެށުމާއި ގުޅިފައިވާ ކަމަކަށް ވާތީ އެދުވަހުގެ މުހިންމު ކަން ބޮޑެވެ. ހަމައެގޮތަށް ރޯދަމަސް ނިމޭ ހަނދު ވެސް ބަލަން ސަމާލުކަން ދެއެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ޝައުބާން މަހުގެ 29 އަދި ފަހު ދުވަހެވެ. އަދި މާދަމާ، 16 މޭ، ވާ ބުދަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

ނަމަވެސް ފަލަކީ ހިސާބާއި ގުޅޭ މައުލޫމާތު އެއްކޮށް، އެކަމާއި ގުޅޭ ގޮތުން ލިޔުއްވާ އިޒާޔު ނަސީމު އޭނާގެ ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުން މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށް ވުމުގެ ފުރުސަތު ބޮޑެވެ. ނުވަތަ ރޯދަމަހުގެ ފުތަމަ ދުވަހަށް ނުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އިޔާޒު މިގޮތަށް ވިދާޅުވެފައި ވަނީ ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދު (15 މެއި) ރާއްޖެ އޮތް ހިސާބަށް އިރު އޮއްސުމަށް ފަހު ކުޑަ ވަގުތު ކޮޅަކު ހަނދު ފެންމަތީގައި ހުރި ކަމުގައި ވިޔަސް ރާއްޖޭގެ އެއްވެސް ރަށަކަށް ހަމަލޮލަށް ހަނދު ފެންނާނެ ކަމުގެ ފުރުސަތު ނޯންނާނެތީ ކަމަށް ލިޔުއްވާފައި ވެއެވެ.

މިއާއެކު އެހެން އިސްލާމީ ގައުމަކަށް ވެސް ހަދު ފެނުމުގެ ފުރުސަތު ކުޑަކަމާއި އެކު ރާއްޖޭގައި ރޯދަމަސް ފެށުމުގައި އަމަލުކުރާ އުސޫލަށް ބުރަވާއިރު މާދަމާ އަކީ ދެވަނަ މާހިބުން ދުވަހަށް ވެގެން ދާނެކަމަށެވެ. ނުވަތަ 16 މޭ ވާ ބުދަ ދުވަހަކީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށް ވެގެން ދާނެކަމަށެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވެގެންދާނީ 17 މޭ ވާ ބުރާސްފަތި ދުވަސް ކަމަށް އިޔާޒު ލިޔުއްވާފައި ވެއެވެ.

ނަމަވެސް ރާއްޖޭއެކޭ އެއްގޮތަށް ގިނަ ގައުމުތަކުގެ ކަލަންޑަރުގައި ރަމަޟާން މަހުގެ 1 ވަނަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ 16 މޭ ވާ ބުދަ ދުވަހެވެ. އެގޮތުން ސައުދީ އަރަބިއާ މެލޭޝިއާ އަދި ސްރީ ލަންކާ ހިމެނެއެވ. ނަމަވެސް އިންޑިއާގެ ކަލަންޑަރެއްގައި ފާހަގަ ކޮށްފައި ވަނީ 17 މޭ ވާ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ 1 ވަނަ ދުވަސް ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު