17 އޮކްޓޯބަރ 2018 ( ބުދަ )

banner

ހޯދަޑު އެމްޑީޕީ ހަރުގެ. ފޮޓޯ: މުހައްމަދު އިބްރާހިމް (މޯޑު)

‘ޖަޒީރާ ރައީސް’ގެ ކެމްޕޭން ހޯދަޑުގައި

ހޯދަޑު އަވަށުގައި ‘ޖަޒީރާ ރައީސް’ ނަމުގައި ކެމްޕޭނާއި ގުޅޭ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެއެވެ. ޖަޒީރާ ރައީސް ގެ ނަމުގައި ކުރިޔަށް ގެންދާ ކެމްޕޭނަކީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޕީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވައިގެން ކުރިޔަށްގެންދާ ކެމްޕޭން ހަރަކާތެކެވެ. މިހަރަކާތް ރާއްޖޭގެ އެކި ހިސާބުގައި ކުރިޔަށް ގެންދަނީ ރައީސް ނަޝީދަށް ހޮއެދޭ އަދި ސަޕޯރޓްކުރާ ފަރާތްތަކުން ނެވެ. 

ރައީސް ނަޝީދު ވަސް އަންނަނީ ސްކައިޕް މެދުވެރިކޮށް ރަށްރަށުގައި ބޭއްވޭ ޖަލްސާތަކުގައި ވާހަކަ ދައްކައިވައި އެމަނިކުފާނުގެ މެނިފެސްޓޯ ހާމަކުރައްވަމުންނެވެ.

މިރޭ (17 މޭ) ދުވަހުގެ ރޭގަނޑު 10:00ގައި  ހޯދަޑު އަވަށު އެމްޑީޕީ ހަރުގޭގައި ބެއްވުމަށް އަންނަީ ތައްޔާރު ވަމުންނެވެ. 

ފުވައްމުލަކު ހޯދަޑު އަވަށަކީ އެމްޑީޕީ އަށް ބޮޑު ތާއިދެއް އޮންނަ އަވަށެކެވެ. އަވަށު ކައުންސިލްތަކުގެ ދުވަސްވަރު މުޅިން ވެސް %100 އެމްޑީޕީ މެންބަރުން ވަނީ ހޯދަޑު ކައުންސިލް ތަމްސީލު ކޮށްފައެވެ. ނަމަވެސް ސިޓީ އަކަށް ފުވައްމުލައް ބަދަލުވެގެން ބޭއްވުނު ސިޓީ ކައުންސިލް ފުރަތަމަ އިންތިޚާބުގައި ހޯދަޑު ހިމެނޭ ދާއިރާ (ފުވައްމުލަކު އުތުރު ދައިރާ)ގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ ޕީޕީއެމް އިން ވާދަކުރި ކެންޑިޑޭޓެވެ. 

ރައީސް ނަޝީދު ހުންނެވީ ކޯޓް ހުކުމަކާއި ގުޅިގެން ރާއްޖެ ނާދެވިފައެވެ. ރައީސް ނަޝީދު މިހާރު ވަނީ އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯދަވާފައެވެ. އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދެވުމަށް ކައިރިކައިރީގައި ސްރީލަންކާއަށް ދަތުރުކުރާއްވާ ސަޕޯރޓަރުންނާއި ބައްދަލު ކުރައްވައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު