22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ވިލަގްޒާ ގެސްޓް ހައުސް. ފޮޓޯ: ވިލަގްޒާ ފޭސްބުކް ޕޭޖް

ވިލަގްޒާ ވޭލި އިން އަނެއްކާވެސް ބަނގުރާއާއި އެކު ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު ގެސްޓް ހައުސްއެއްކަމަށްވާ ވިލަގްޒާ ވޭލި އެންޑް ޑައިވިންގ ގެ ކެފޭގައި ބަނގުރާބޯން ތިބި ތިންމީހަކު ހައްޔަރުކޮށްފިއެވެ.
މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ބަނގުރާއާއި އެކު ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުގެ ތިން ފިރިހެނުން ނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ބައެއް ނޫސްތަކަށް މައުލޫމާތު ދިންގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ނުވަ ގަޑިބައި އެހާކަންހާއިރު ކަމަށާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ފުޅިއެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މިގެސްޓްހައުސްގެ ކެފޭ އިން ކުރިންވެސް ބަނގުރަލާއި އެކު ބަޔަކު ހައްޔަރުކޮށްފައިވެއެވެ. ވިލަގްޒާ ވޭލި ގެސްޓް ހައުސް ހިންގަމުން ގެންދަނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިމާރާތެއްގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު