A wide advertisement which will be shown on all devices. (700 x 100)

ރަމަޟާން މަހު ފުވައްމުލަކުގައި ދަރުސްތަކެއް ބާއްވަނީ

ގާޑިއަން އެސޯސިއެޝަނުން ބޭއްވި ކަނބަލުންގެ ދީނީ ދަރުސް. ފޮޓޯ: ގާޑިއަން އެސޯސިއޭޝަން

މި ރަމަޟާން މަހު ފުވައްމުލަކުގައި ދީނީ ދަރުސްތަކެއް ބާއްވަމުން އެބަ ގެންދެއެވެ. މިއީ ފުވައްމުލަކުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ގާޑިއަން އެސޯސިއެޝަނުން ކުރިޔަށް ގެންދާ ދަރުސްތަކެކެވެ. ފާއިތުވި ރަމަޟާން މަހުވެސް އެޖާމާއަތުން ދަރުސްތައް ބާއްވާފައިކަމަށް މައުލޫމާތު ލިބެއެވެ.

ދީނީ އިލްމުވެރިން މެދުވެރިކޮށް ހަފުތާ ބަންދާއި ދިމާކޮށް ކުރިޔަށްގެންދާ މިސިލްސިލާ ދަރުސް ތަކުގެ ތެރެއިން ރަމަޝާން މަހު ފުރަތަމަ ހަފުތާ ބަންދުގައި ވަނީ 2 އިލްމުވެރިއަކު ހިމަނައިގެން 7 ދަރުސެއް ބާއްވާފައި ވެއެވެ. ދަރުސްތައް ބާއްވާފައި ވަނީ ރަމަޟާން މަހު 2 ވީ ބުރާސްފަތި ދުވަހާއި 3 ވީހުކުރު އަދި 4 ވީ ހޮނިހިރު ދުވަހު ފުވައްމުލަކުގެ އެކިއެކި މިސްކިތްތަކުގައި މެންދުރު ނަމާދާއި އަސުރު ނަމާދުގެ ފަހުންނެވެ.

މީގެ އިތުރުން އައިޑިއަލް ސްކޫލުގައި އަންހެން ކަނބަލުންނަށް ޚާއްސަ ދަރުސެއް ވެސް ބާއްވާފައި ވެއެވެ. އައްޝައިޚު އަޙުމަދު ނާޖިޙު މިދަރުސް ދެއްވާފައި ވަނީ ފާއިތުވި ހުކުރު ދުވަހު ހަވީރު އެވެ.

ފާއިތުވި ހަފުތާގައި ދަރުސް ދެއްވާފައި ވަނީ އައްޝައިޚު އަޙުމަދު ނާޖިޙު އާއި އައްޝައިޚު އަޙުމަދު ނާޖިޙު އެވެ.

ރަމަޟާން މަހު ކޮންމެ ހަފުތާބަންދަކާއި ދިމާކޮށް މިދަރުސްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !