16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

މެމިސް އާއި ފުވައްމުލަކުގެ 4 ސްކޫލުގެ ދަރިވަރުން

ސްކޫލްތައް މެދުޓާމަށް މިއަދުން ފެށިގެން ބަންދުވީ

މިއަހަރުގެ ދިރާސީ އަހަރު ދެބައިވެ އަހަރުގެ ފުރަތަމަ ޓާމު ނިމި ސްކޫލްތައް މިއަދު ބަންދު ވީއެވެ. މިއަދު ދަރިވަރުން ފުރަތަމަ ޓާރމުގެ ނަތީޖާއާއެކު ރިޕޯރޓް ފޮތްތައް ހިފައިގެން ޗުއްޓީ ގެ އެއް ހަފުތާއާއި ކުރިމަތި ލާނެއެވެ. މިއަދަށް ތައްޔާރުވުމުގެ ގޮތުން ބައެއް ސްކޫލްތަކުގެ ޓީޗަރުން ރޭގެ ފަތިހާއި ހަމަޔަށް ވެސް އޮންލައިން ރިޕޯރޓް ފޯމުގެ މަސައްކަތް ނުނިމި ސްކޫލްތަކުގައި ތިބިކަމަށް ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ “މެމިސް” ފުލް ލޯޑްގައި އެކަށީގެން ވާވަރަށް ހެލިފެލިވެ އުޅޭނޭ ސްޕީޑެއް ނުލިބޭ ކަމަށް ގިނަ ޓީޗަރުން ބުނެއެވެ. ބައެއް ޓީޗަރުން ސޯޝަލް މީޑީއާގައި ސިސްޓަމް ސްލޯވެ މަސައްކަތް ގަޑިއަށް ނުނިމޭތީ ކަންބޮޑު ވުން ވާޅުކުރީ ސިސްޓަމް މައްސަލައެއްގެ ގޮތަށެވެ.

އެކަމަކު މިއަދު ހެނދުނުން ފެށިގެން “މެމިސް”ގެ ހާލު ރަނގަޅު ކަމަށް މެސްޖްތައް ދައުރުވާން ފެށިއެވެ. އެއީ ޓީޗަރުން އޮންލައިން ރިޕޯރޓްފޯމުގެ މަސައްކަތް ނިމުމުން ކަމަށް ބެލެވެއެވެ.

ޕްރެޝަރުގައި ޓީޗަރުން ހޭދަކުރި ދުވަސްތަކަކަށް ފަހު ގިނަ ޓީޗަރުން އަރާމުކޮށް ހިތް ހަމަޖެހިލުމަށް 1 ހަފުތާގެ ޗުއްޓީއަކަށް މިއަދު މިފެށުނީއެވެ.

ދެން ސްކޫލްތައް ހުޅުވޭނީ ރޯދަމަސް ނިމި ޖޫން މަހު 18 ވާ ހޯމަ ދވަހު އެވެ. ނަމަވެސް އެއީ ވެސް ކުރު ސެޝަންގެ ހަފުތާއަކަށް ވެގެން ދާނެއެވެ. އެހެނީ އެއީ ޝައްވާލް މަހުގެ ފުރަތަމަ ހަފުތާކަމަށްވެ 6 ދުވަހުގެ ރޯދަހިފާ ދުވަސްކޮޅަށް ވުމުން މަސައްކަތު ވަގުތު ސަރުކާރުން ވަނީ ކުރު ކުރައްވާފައެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު