17 އޮކްޓޯބަރ 2018 ( ބުދަ )

banner

ރައީސް ޔާމީނާއި 3 ނަމްބަރު ހިމެނޭ އަދަދުތަކާއި ޚާއްސަ ގުޅުމެއް ވާކަމަށް ބުނެއުޅޭ1

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ 23، އާދީއްތާގައި ބާއްވާނީ ކީއްވެބާ؟

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ 7 ޖޫން ވީ ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްތާތުގައި ރާއްޖޭގެ މައިގނަޑު ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވެފައި ވެއެވެ. މިޖާސްލާގައި ލިބިގެން ދިޔަ އެންމެ ބޮޑު ހައިރާންކަމަކީ 23 ސޕްޓެމްބަރު ވާ އާދީއްތަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމުމެވެ.

ރާއްޖޭގެ އާދަކާދައިގައި އންތިޚާބުތައް ބާއްވަމުން އައިސްފައި ވަނީ މުޅިންވެސް ސަރުކާރު ބަންދު ދުވަސްތަކުގައެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި އިންތިާޚބުތައް ޞާއްވާފައިވަނީ މުޅިންހެން ހުކުރު ދުވަހު އެވެ. އެއިގެ ފަހުން މިއަދާއި ހަމަޔަށްވެސް އެދުވަސް ބަދަލުވެގެން ގޮސްފައިވަނީ ހޮނިހިރު ދުވަހަށެވެ.

ބަންދު ދުވަހެއްގައި އިންތިޚާބު ބޭއްވުމުގެ ވިސްނުމަކި ގިނަބަޔަކަށް ވޯޓުލާން ފުރުސަތު ފަހިކޮށްދިނުމާއި އިންތިޚާބުގެ އެކިއެކި ކަންކަމަށް އެހެން މަސައްކަތްތަކުގައި އުޅޭ މީހުން ބޭނުންހިފުމުގެ ވިސްނުމުގައެވެ. ނަމވެސް މިފަހަރުވެސް އިންތިޚާބު ހޮނިހިރު ދުވަހެއްގަިއ ބޭއްވެން ފުރުސަތު އޮތްވައި އާދީއްތަ ދުވަހަކު އިންތިާޚބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ކޮން ވިސްނުމެއްގައި ބާ އެވެ؟

ގިނަ ގުނަ ފާޑުކިޔުންތަކެއް އަމަޒުވެފައިވާ އިލެކްޝަން ކޮމިޝަނުގެ ނިންމުމާއި ގުޅޭ ގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފައިވަނީ އެއީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ނޫންކަމަށެވެ. އިއުލާން ކުރުމުގެ ރަސްމީއްޔާތުގައި ޕާޓީތަކުން ބައިވެރިވިޔަސް އެޑެޑް ލައިންތަކަކީ އިލެކްޝްންސް ކޮމިޝަނަށް ފެންނަ ގޮތަކަށް ނިންމާފައިވާ ނިންމުން ތަކެއް ކަމަށެވެ.

އެމްޑީޕީން ތުހުމަތު ކުރަނީ އެއީ ރައީސް ޔާމީނުގެ އޯޑަރަށް އެކަމިޝަނުން ނިންމި ތާރީޚުތަކެއް ކަމަށެވެ. ރަސްމީ މަސައްކަތު ދުވަހެއްގައި ރިޔާސީ އިންތިޚާބު ބާއްވަން އުޅުމާއި މެދު ހިތްހަމަ ނުޖެހި ހުރެ އެމްީޕީ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ އެއީ ވޯޓަށް ނުސީދާ ގޮތުން އަސަރު ކުރުވުމަށާއި ނުފޫޒު ފޯރުވުމަށް ވިސްނައިގެން ނިންމި ނިންމުމެއް ކަމަށް ބެލެވޭ ކަަމށެވެ. އަދި 23 އާއި 13 އަކީ ރައީސް ޔާމީނުގެ ނަސީބު ނަމްބަރެއް ކަމަށް ދެކިގެން ކުރިކަމެއްކަމަށް ވެސް ތުހުމަތު ކުރެއެވެ. އެހެނީ ހިޖުރި ކަލަންޑަރުން މުހައްރަމް މަހު 13 ވަނީ ސެޕްޓެމްބަރު މަހު 23 ވާ އާދީއްތަ ދުވަހަށެވެ.

ރައީސް ޔާމީނު އާއި ނަމްބަރު 3 ހިމެނޭ އަދަދުތަކާއި ޚާއްސަ ގުޅުމެއް ވާކަމަށް ބުނެއުޅެއެވެ. އެހެނީ ޔާމީނު ތުރުކުރައް ވަނީ 3 ނަމްބަރު ޖާޒީއެވެ. ފާހަގަ ކުރައްވަނީ 3 ހިމެނޭ މުނާސަބާތަކެވެ. ވޯޓުލައް ވަނީ 3 ނަމްބަރު ފޮށްތަށެވެ. 

ރިޔާސީ އިންތިޚާބާއި ގުޅެ މުހިންމު ތާރީޚުތައް

ރިޔާސީ އިންތިޚާބު ބާއްވާނީ ސެޕްޓެމްބަރު 23 ގައި. 

ރިޔާސީ އިންތިޚާބަށް ހުޅުވާލާނީ ޖުލައި 15 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް. 

ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 17 ގައި (ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ މީހުން). 

އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރާނީ އޮގަސްޓް 9 ގައި.

އިންތިޚާބަށް ކެމްޕޭން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ (ލަފާކުރެވެނީ އޮގަސްޓް 22 – ސެޕްޓެމްބަރު 22ށް ކަމަށަ)

ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އިއްޔެ (އާދިއްތަ ދުވަހު) ވަނީ އިއުލާން ކޮށްފައި.

ވޯޓާސް ލިސްޓުގެ ސައްހަ ކަން ކަނޑައަޅައި ކެންޑިޑޭޓުންގެ މަންދޫބުން ލިސްޓުގައި ސޮއިކުރުން ބާއްވާނީ އޮގަސްޓް 31 ގައި. 

banner

ކިޔުންތެރިންގެ ޚިޔާލު