17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މިފަހަރު ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ރޮނަލްޑޯ ހެދީ ވަރުގަދަ ސްޕެއިނާއި ދެކޮޅަށް

ވަރުގަދަ ދެ ޓީމުގެ މެޗު ނިމުނީ އެއްވަރުވެގެން

ފީފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓެޖްގެ މެޗުތައް ފެށިގެން ކުރިޔަށް ދާއިރު ރޭ ކުޅެވުނު ގްރޫޕް ބީ ގެ ވަރުގަދަ ސްޕެއިނާއި ގްރޫޕް ޑިގެ ވަރުގަދަ އާޖެންޓީނާގެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ގިނަބަޔަކު ލަފާކުރި ގޮތާއި ޚިލާފަށް ގްރޫޕް ބީގެ، ޔޫރަޕުގެ ބާރެއް ކަމަށްވާ ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރި މެޗު ނިމުނީ 3-3 ލަޑުން ދެޓީމު އެއްވަރުވެގެންނެވެ. 

ގްރޫޕް ޑީ: އާޖެންޓިނާ 1 -1 އައިސްލޭންޑް

ފާއިތުވި ވޯލްޑް ކަޕްގެ ރަނަރަޕް، ގްރޫޕް ޑީގެ ފޭވަރިޓުން ކަމަށް ބެލެވޭ އާޖެންޓީނާ އާއި އެގުްރޫޕްގެ އެންމެ ބަލި ޓީމުގެ ގޮތުަގއި ބެލެވިފައިވާ އައިސްލެންޑައި ބައްދަލުކުރި މެޗު ނިމުނީ 1-1ން ދެ ޓީމު އެއްވަރުވެގެންނެވެ. މުޅި މެޗުގައިވެސް އާޖެންޓީނާ ޑޮމިނޭޓްކޮށްގެން ކުލުނު މެޗުގައި ލިބުނު މަދު ފުރުސަތުގައި އައިސްލލެންދްުން ގޯލެއް ކާމިޔާބުކޮށް މުޗުން ޕޮއިންޓެއް ހޯދުމަށް ކުޅުނީ މުޅިންވެސް ދިފާޢީ ކުޅުމެކެވެ. އާޖެންޓީނާއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެޓީމުގެ ގޯލު އަގުއޭރޯ ކާމިޔާބުކުރި އިރު މެސީ ވަނީ މޮޅުވާން ލިބުނު ޕެނަލްޓީ ނާކާމިޔާބުކޯށްލާފައެވެ. ނަމަވެސް މުޅި މެޗުގައި މެސީ މޮޅު ކުޅުމެއް ދެއްކިއެވެ.

މިގްރޫޕްގައި ދެން އޮތީ ބެލެވޭ ގޮތުން ވަރުގަދަ ދެޓީމު ކަމަށްވާ ކްރޮއޭޝިއާއާއި ނައިޖީރިއާއެވެ.

ގްރޫޕް ބީ: ސްޕެއިން 3 – 3 ޕޯރޗުގަލް

ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރި މެޗުގައި ކްރިސްޓިއާނާ ރޮނަލްޑޯ ޕެނަލްޓީއަކުން ޓީމަށް ލީޑު ނަގައިދިން އިރު މެޗުގެ ފަހުގޯލު ކާމިޔާބުކޮށް ދިނީ މޮޅު ހިލޭ ޖެހުމަކުންނެވެ. އަދި އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދީ ރޮނަލްޑޯ ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. މިއީ ޕޯޗުގަލްގެ ކުޅުންތެރިއަކު ވޯލްދްކަޕްގައި ހެޓްރިކް ހެދި 3 ވަނަ ފަހަރެވެ. ފުރަތަމަ ޔޫސޭބިއޯ (1966) އަދި އެއިެގ ފަހުން ޕައުލެޓާ ޖަޕާން ސ.ކޮރެއާ (2002) ވޯލްޑްކަޕްގައި އަދި މިފަހަރު ރޮނަލްޑޯ އެވެ.

ސްޕެއިންގެ ފުރަތަމަ ދެގޯލު ވެސް ކާމިޔާބުކޮށް ދިނީ މިފަހަކަށް އައިސް އިތުބާރު އަލުން ހޯދާފައިވާ ފޯވަޑް ޑިއެގޯ ކޯސްޓާއެވެ. ސްޕެއިންގެ ފަހު ގޯލު ކާމިޔާބުކޮށް ނާޗޯ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކްރިސްޓިއާނާ ރޮނަލްޑޯއެވެ.

ގްރޫޕް ބީގައި ރޭ ކުޅެވުނު މެޗުގައި އިރާނުން ވަނީ މޮރޮކޯއަތުން ފަހުވަގުތު 1-0ލަނޑުން މޮޅެއް ހޯދާފައެވެ.

ގްރޫޕް ސީގައި މިރޭ ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ނިމުނީ 2-1ން ފްރާންސް މޮޅުވެގެންނެވެ.

މިރޭ ދެން ކުޅެވޭނީ ގްރޫޕް ސީގެ ޕެރޫއާއި ޑެންމާކް ބައްދަލުކުރާ މެޗެވެ އަދި އެއިގެ ފަހުން ގްރޫޕް ޑީ ގެ ނައިޖީރިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗެވެ.  

banner

ކިޔުންތެރިންގެ ޚިޔާލު