17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މިދުވަސްވަރު ގޭގެއަށް ވަންނަ ވަގުންނަށް ސމާލުވުމަށް ސޯޝަލް މީޑިއާގައި ދައުރުވާ މެސެޖެއް.

ގޭގެއިން ވައްކަން ކުރުމަށް ބަޔަކު ވަންނަަނީ

މި ދުވަސްވަރު ފުވައްމުލަކުގެ ގޭގެއަށް ބަޔަކު ވައްކަން ކުރުމަށް ވަންނަމުންދާ ކަމަށް މިހުން ބުނަމުން ދެއެވެ. މިި ގޮތަށްވަންނަ މީހުން ގޭގޭގެ ދޮރު ހުޅުވާލުމަށް ފަހު ގޭގައި މީހުން އުޅޭތޯ ބަލާކަމަށާއި އަދި މީހަކު ފެނިއްޖެ ނަމަ މިއައީ ޕެޓްރޯލް ގަންނަން 20 ރުފިޔާ ހޯދަން ކަމަށް ބުނާކަމަށް އެފަދަ ހާދިސާތައް ތަޖުރިބާ ކުރި ފަރާތްތަކުން ހާމަކުރެއެވެ. އަދި ބައެއް ފަހަރު ޑޮކްޓަރަށް ދައްކަން އެހީވުމަށް ނުވަތަ ބޭސް ނެގުމަށް ކުޑަ އެހީއެއް ދިނުމަށް ވެސް ބުނާކަމަށް ބައެއް މީހުން ބުނެއެވެ.

މީހަކު ނުފެންނަ ފަހަރުތަކުގައި އެގެއަކުން ވަކަން ކުރަމުން ދާކަމަށް ގޭގޭގެ މީހުން ބުނަމުންދެއެވެ.

ފުވައްމުލަކުގައި ވައްކަމުގެ ކަންތައްތައް ތަންކޮޅެއް މަދުވެފައި އަނެއްކާވެސް ގިނަވެގެން އުޅޭކަމުގެ އަޑުތައް ވެސް ގިނައެވެ.

ބައެއް މީހުން އެމީހުންނަށް ދިމާވެފައިވާ ހާދިސާތައް ސޯޝަލް މީޑިއާގައި ޝެއަރކޮށް މިކަމަށް ސަމާލުވުމަށް އެދިފައި ވެއެވެ.

ގޮތުން އެކަކު ބުނެފައިވަނީ “އިއްޔެ ރޭ، ސަލާންގޮވުމެއް، ދޮރުގައި ޓަކި ޖެހުމެއްނެތި ކޮންމެވެސް މީހަކު (ނުދަންނަ) އަހަރެންގެ ގޭގެ ދޮރު ހުޅުވާލި. އަދި އަހަރެމެން ފެނުމުން، ޕެޓްރޯލް ގަތުމަށް 20 ރުފިޔާ ދޭން ބުނި” އާސިފު ކިޔާމީހަކު ލިޔެފައި ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު