20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ދަމަގު ޢީދު ކުޅިވަރު މިފަހަރު ވެސް ވަރަށް ފޯރި ގަދަ

ދަޑިމަގު ޢީދު ކުޅިވަރުތައް ވަރަށް ފޯރީގައި ކުރިޔަށް ދަނީ . ފޮޓޯ: ޢާއިޝަތު އިބުރާހިމް

ދަޑިމަގު ޢީދު ކުޅިވަރުތައް ވަރަށް ފޯރީގައި ކުރިޔަށް ދަނީ . ފޮޓޯ: ޢާއިޝަތު އިބުރާހިމް

ފިތުރު ޢީދު ދުވަހުގެ އުފަލާއި މިފަހަރު ވެސް ދަޑިމަގުގައި ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަ ދެއެވެ. މިފަހަރުގެ އީދު ކުޅިވަރުތައް ކުރިޔަށް ދަނީ ދަޑިމަގު ފަންނާއި ތަފާތު އެހެނިހެން ސަރަހައްދުތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ކުޅިވަރުތަކުގައި ދަޑިމަގު އަވަށުގެ ގިނައަދަދެއްގެ އަންހެންނުންނާއި ފިރިހެނުން ބައިވެރިވެއެވެ.

މިފަހަރުގެ ކުޅިވަރު ތަކުގެ ތެރޭގައި މަގުމަތީގައިވާ ޗަކަ ފެންގަނޑު ތަކުގައި ވާ ފުއްޕާ ހަން ފެޅުމާއި ޓީމު ކުޅިވަރުތަކުގެ ގޮތުގައި ލައިން ޕާސް ފަދަ ގޭމް ތައް ހިމެނެއެވެ.

މީގެ އިތުރުން ޓީމު ތަކުން ފިރިހެނުން އަންހެނުން ކުރާ ގޮތަށް މޭކަޕް ކޮށް ތައްޔާރުކުރުން ވެސް މުބާރާތެއް ގޮތަށް ކުރިޔަށް ގެންދެވުނެވެ. މި ކުޅިވަރުތަކުގައި ކުދަކުދިންނާއި ޒުވާނުން ވަރަށް ފޯރީގައި ބައިވެރިވެފައި ވެއެވެ.

ދަޑިމަގަކީ ޒަމާނުއްސުރެ ވަރަށް ފޯރީގައި ގިނަ ބަޔަކު ބައިވެރިވެގެން ޢީދު ކުޅިވަރުތައް ކުޅޭ އަވަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!