20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ޖޭޕީގެ ކެބިނެޓްގައި ފުވައްމުލަކުގެ ދެމީހުން

ޖުމްހުރީ ޕާޓީގެ ކެބިނެޓެއްގައި ފުވައްމްލަކުން ހިމެނެނީ ޑރ. ޖަމީލު އާއި މަލީހު. ފޮޓޯ: ވީނިއުސް

ޖުމްހުރީ ޕާޓީގެ ކެބިނެޓެއްގައި ފުވައްމްލަކުން ހިމެނެނީ ޑރ. ޖަމީލު އާއި މަލީހު. ފޮޓޯ: ވީނިއުސް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެޕާޓީން އެކުލަވާލާ ކެބިނެޓްގައި ފުވައްމުލަކުގެ ދެ މީހުން ހިމެނިއްޖެއެވެ. ޖޭޕީގެ ކެބިނެޓްގައި ހިމެނެނީ ރައީސް ޔާމީނުގެ ސަރުކާރާއި ގުޅިގެން އުފެއްދި ކެބިނެޓްގައި ވެސް ހިމެނުނު ދެ މެންބަރުންނެވެ.

އެގޮތުން ނާއިބު ރައީސަކަށް ނޮމިނޭޓް ކޮށްފައި ވަނީ ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދެވެ. އަދި ޒުވާނުންނާއި ކުޅިވަރާ ގުޅޭ މިނިސްޓަރަކަށް ނޮމިނޭޓް ކޮށްފައި ވަނީ ވެސް ޕީޕީއެމް ސަރުކާރުގެ އެމަގާމު ފުރުއްވި މުހައްމަދު މަލީޙު ޖަމާލުއެވެ.

ޖަރުމަނުގައި ހުންނަވައި ފޭސްބުކް ލައިވް މެދުވެރިކޮށް ޖޭޕީގެ ލީޑަރު ގާސިމު އިބުރާހިމް އިއުލާން ކުރެއްވި ކެބިނެޓްގައި 20 މިނިސްޓްރީއެއް އުފައްދާ ގޮތަށް ވެއެވެ. އަދި ރައީސްްއަކީ ގާސިމް އިބުރާހިމް އެވެ.

ގާސިމު ވިދާޅުވީ ޖޭޕީގެ ކެބިނެޓެއް އެކުލަވާލީ ގުޅިފައިވާ ޕާޓީތަކުން (އެމްޔޫއޯ) އެއް ކެންޑިޑޭޓަކު ނެރުމާ މެދު ވަކި ގޮތެއް ނުނިމި ދިގުދެމިގެންދާތީ ޖޭޕީގެ އަމިއްލަ ނިމްމުމެއްގެ ގޮތުގައި ހިޔަނި ކެބިނެޓެއް އެކުލާވާލީ ކަމަށެވެ.

ނަމަވެސް އެމްޔޫއޯއިން އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެވުމުން ޖުމްހޫރީ ޕާޓީން ވެސް އެ ކެންޑިޑޭޓަކާއެކު ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން ވެސް ގާސިމް އިބްރާހިމް ދެއްވިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!