15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ދެކުނު މަހާސިންތާއަށް ވަޑައިގަތް ބައެއް ކައުންސިލަރުން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ދެކުނު މަހާސިންތާ މިއަދު

ދިވެހިރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތައް ކަމަށްވާ ގއ. ގދ. ފުވައްމުލައް އަދި އައްޑޫ ސިޓީ އިން ބައިވެރިވާ މަހާސިންތާ މިއަދު ހެނދުނު ފުވައްމުލަކުގައި ފެށުމަށް ހަމެޖެހިފައިވެއެވެ.
ދެކުނު މަހާސިންތާ އަކީ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކުން ނިންމާ ނިންމުންތައް އެގޮތްކުރުމާއި ތަރައްގީގެ ޕްލޭންތައް އެކުއެކީގައި ކުރިއަށް ގެންދިޔުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މިގޮތުން މިދިޔަ މަހުގެ ތެރޭގައި އައްޑޫ ސިޓީގައި މިފަދަ މަހާސިންތާ އެއް ބާއްވާފައިވެއެވެ. އަދި އެމަހާސިންތާގައި ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ފުވައްމުލަކުގައި މިއަދު ފައްޓާ މަހާސިންތާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. އަދި މަހާސިންތާ ފެއްޓުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ހޯލްގައި އޮންނާނެއެވެ.
މިކަލް ނޫހަށް އެގިފައިވާ ގޮތުގައި މިމަހާސިންތާ އަކީ ގާނޫނާއި ޚިލާފަށް ބާއްވާ މަހާސިންތާ އެއް ކަމަށްބުނެ ސަރުކާރުގެ ބައެއް އިދާރާތަކުން މަހާސިންތާ ހުއްޓާލުމަށް އަންގާފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު