17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އެމްޑީ ކޮންގަރެސްގައި ބައިވެރިވި ފުވައްމުލަކުގެ ބައެއް މެންބަރުން. ފޮޓޯ: އިބްރާހިމް ސައީދު

އިދިކޮޅު އެމްޑީޕީން އެޕާޓީގެ މެނިފެސްޓޯއެއް ނެރެފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މެނިފެސްޓޯ ހާމަކުރަން ފަށައިފިއެވެ. ގުޅިފައިވާ އިއްތިހާދަކާއެކު ރިޔާސީ އިންތިޚާބުގައި ވާދަކކުރި ކަމުގައި ވިޔަސް އެމްޑީޕީން އެޕާޓީގެ މެނިފެސްޓޯއެއް އާއްމުކޮށްފިއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ މެނިފެސްޓޯއަކާއިއެކު ވެރިކަމަށް ކުރިމަތިލި ޕާޓީއެވެ. އެއިގެ ފަހުން ކޮންމެ އިންތިޚާބަކާއެކު ވެސް އެކިއެކި މެނިފެސްޓޯތައް ފެނެއެވެ. އެގޮތުން މިފަހަރުވެސް ވެރިކަން ކުރާ ޕީޕިއެމް އާއި އެހެނިހެން ޕާތީތަކުން ވެސް މެނިފެސްޓޯ ތައްޔާރުކުރުމުގައި އުޅުނު ކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް އެޕާޓީތަކުގެ މެނިފެސްޓޯތައް  އަދި އާއްމެއް ނުކުރެއެވެ.

އާއިލާ: އެމްޑީޕީން އާމުކުރި މެނިފެނސްޓޯގައި ވާ ކަންތައްތަކުގެ ތެރޭގައި ދަރިއަކު ލިބުމުން މަންމައަށް މުސާރައާއެކު 6 މަސްދުވަހުގެ ޗުއްޓީއެއްް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވެއެވެ. 

ޒަރޫރީ ޚިދުމަތްތައް: ފޯނުގެ ޚިދުމަތުންނާއި، ފެރީގެ ޚިދުމަތުންނާއި، އަނހެނުންނަ ށްބޭނުންވާ ޕެޑް އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުން ޖީއެސްޓީ ނެގުން ހުއްޓާލާނެ ކަމަށް ވެއެވެ. 

ތައުލީމު: ކޮންމެ އަތޮޅެއްގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރުމާއި، ރަށުންބޭރަށް ކިޔަވަން ގޮސް ގޭގޭގައި ފައިބާ ތިބޭ ކުދީންގެ ގޮތުގައި ކިޔަވާން ޖެހުމުގެ ސަގާފަތް މުޅިން ބަދަލުކޮށް، ބޯޑިން ސްކޫލްތަކާއި، ސަރަހާއްދީ ދަނާލުތަކެއް އުފައްދައި ކުރިއެރުވޭނެ ކަމަށް ވެއެވެ.

މަސައްކަތްތެރިކަން: އަންހެނުންނާއި ފިރިހެނުންނަށް ލިބޭ އުޖޫރަ އެއްވަރުކޮށް، އެއްވެސް ދިވެހި މަސައްކަތްތެރިއަކު އަނެކެއްގެ ތައްޕާހުން އުޅެން ނުޖެހޭ ވަރުގެ މުސާރައިގެ އޮނިގަނޑެއް ގާއިމު ކުރެވޭނކަމަށް ވެސް ވެއެވެ. 

ކުޅިވަރު: ކޮންމެ ރަށަކަށް ނިސްބަތްވާ ޓީމެއް އެކުލެވޭ ގޮތަށް ގައުމީ ލީގެއް އެކުލަވާލައި، ހޯމް އެންޑ އަވޭ އުސުލުން ލީގު މެޗުތަކުގެ މައްޗަށް އެކުލެވޭ ގައުމީ ތާވަލެއް ތަޢާރަފުކުރެވޭނެ ކަމަށެވއެވެ.

ސިއްޙަތު: ރައްޔިތުންނަށް ތަކުލީފަކަށް ނުވާ އަދި ޝަކުވާއެއް ނެތް ޚިދުމަތަކަށް އާސަންދަ ހެދޭނެކަމަށް ވެއެވެ. ރާއްޖޭގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ޚާއްސަ ހަދިޠާއެއް ދިނުމަށް ވެސް ވެއެވެ.

މަސައްކަތްތެރިން: މަސައްކަތްތެރިންގެ ޑޭޓާ ބޭސްއެއް އެކުލަވާލައި، ދިގުމުއްދަތުގައި މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް ދައުލަތުން ޕެންޝަން ދެވެނޭކަމަށާއި؛

ކައުންސިލްތައް ބާރުވެރި ކުރުވުން: ރަށު ކައުންސިލްގެ އިޙުތިސާސުގައި ހިމެނޭ ބިމާއި ކަނޑު ފަޅާއި ފަރުފަދަ އެންމެހައި ތަންތަން ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސޭނެ ކަމަށް ވެއެވެ.

މަސްވެރިކަން: މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލު ކުރުމަށް އެން ފެކްޓަރީ ގާއިމުކޮށް އެން އާލާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި

އިގުތިސާދު: ފަނާކުރަނިވި ތަރައްގީއާއި މުޅިން ދުރަށް ގޮސް ކަނޑުތަކާއި ފަޅުތަކާއި ދިޔަރެހާއި އުދަރެހާއި މުޅިން އެއްކުލައިން ފަރުމާކުރެވޭ ނޫ އިގުތިސާދެއް ގާއިމުކުރުން ހިމެނެއެވެ.

ދަތުރުފަތުރު: އެއްރަށުން އަނެއްރަށަށް ދަތުރުު ކުރަން ބޭނުންވާ ފެސެންޖަރުންނަށް މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން އެކުލަވާލައި އެކަން އާއްމުންނަށް އެނގޭގޮތަށް ބެހެއްޓެނެ ކަމަށް ވެސް ވެއެވެ.

ޑިޖިޓަލް ސަރުކާރެއް: ޑިޖިޓަލް ސަރުކާރެއްގައި އޮފީސްތަކުން ފޯރުކޯށްދޭ ޚިދުމަތަތއް އޮފީސް ބަންދު ގަޑިތަކުގައި ވެސް ލިބިދިނުމަށް ހުރަހެއް ނޯންނާނެކަމަށް ވެއެވެ.  

މިފަދަ ގެން ކަންތައްތަކެއް އެކުލެވޭ މި މެނިފެސްޓޯ އަދި އިދިކޮޅު އިއްތާދުގެ ވިސްނުމާއި އެއްގޮތަށް ބަދަލުވެގެން ހިގައިދާނެކަމަށް ބެލެވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު