A wide advertisement which will be shown on all devices. (700 x 100)

ކުޑަކުދިންގެ ‘ސުޖޫދު’ ނަމާދު ވޯކްޝޮޕް މިފަހަރު ފުވައްމުލަކުގައި

މާލޭގެ ޖަމުޢިއްޔާއެއް ކަމުގައިވާ، ޕީސްފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮއްގެން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މިވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ ދެސަރަޙައްދެއްގައެވެ. އެއީ މާލެ އާއި ފުވައްމުލަކުގައެވެ. މިވޯކްޝޮޕް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ، ގާޑިއަން އެސޯސިއޭޝަނާއި އައިޑިއަލް ސްކޫލާއި ގުޅިގެނެނެވެ.

“ސުޖޫދް” ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްގެ ހުށައަޅައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް އެވެ. މި ހިނގާ ޖުލައި 13 އަދި 14 ގައި މި ހަރަކާތް ފުވައްމުލަކުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމުގައި ޕީސް ފައުންޑޭޝަނުން ހާމަކުރެ އެވެ.

2017 ވަނަ އަހަރު ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ މި ވޯރކްޝޮޕަކީ އިސްލާމްދީނު އެއް ތަނބު ކަމުގައިވާ ނަމާދާ ބެހޭގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ވޯކޮޝޮޕެކެވެ. މި ވޯކްޝޮޕް ގެ އަމާޒަކީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުމެވެ.

ސުޖޫދް ވޯކްޝޮޕް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ކުދަކުދިން ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ކަމަށާއި އެގޮތުން މި އިވެންޓްގެ ބައެއް ހަރަކާތްތަށް ކުލާސްރޫމް ތަކުގައި ކުރިއަށް ދާއިރު އަނެއްބައި ޝެޝަން ކުރިޔަށްދާނީ އައުޓް ޑޯރ ގައި ކަމުގައިވެސް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

އެ ފައުންޑޭޝަނުން ހާމަކޮށްފައިވާގޮތުގައި މި ވޯކްޝޮޕް ޚާއްޞަކޮށްފައިވާ ޢުމުރުފުރާ އަކީ 10 އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށެވެ. ބައިވެރިވުން މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ފުވައްމުލަކުގެ ބައިވެރިންނަށް މި ވޯކްޝޮޕްގެ ފީ އަކީ -/150 ރުފިޔާ އެވެ.

މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް SUJ ޖެއްސަވުމަށް ފަހު 7341781 އަށް އެސް.އެމް.އެސް ކުރެއްވުން ޕީސް ފައުންޑޭޝަނުން އެދެ އެވެ. އަދީ މި އެވެންޓާބެހޭ އިތުރު މައުލޫމާތު -www.peace.mv/sujood-2018އިން ލިބިވަޑައި ގަންނަވާނެ ކަމުގައިވެސް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ. މި ވޯރކްޝޮޕް ފުވައްމުލަކުގެ އިތުރުން ޖުލައި 20 އަދި 21 ގައި މާލޭގެ އިސްލާމީ މަރުކަޒު ހޯލުގައިވެސް ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ.

އޮސްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !