އެސްޓީއޯ އިން 170 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ފުވައްމުލަކު ގައި އަޅާފައިވާ އެއަރޕޯރޓް ހިންގުމާއި ސަރުކާރުން ރަސްމީކޮށް މިއަދު ހަވާލުވެއްޖެއެވެ.
މިބަދަލާއި އެކު އެއަރޕޯރޓްގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުން ސިވިލް ސާރވިސް އަށް ބަދަލުވެގެން ދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސަމީ އަގީލް އާއި ހަވާލާދީ ސަން އިން ރިޕޯރޓްކޮށްފައިވެއެވެ.
ފުވައްމުލަކު އެއަރޕޯރޓް ހިންގުމާއި މިއަދު ސަރުކާރުން ހަވާލުވެފައިވާ އިރު ފުވައްމުލަކު އެއަރޕޯރޓް ހިންގަމުން ގެންދިޔަ އެސްޓީއޯއަށް އަހަރު 12 މިލިއަނަށްވުރެ ބޮޑު ގެއްލުން ފުވައްމުލަކު އެއަރޕޯރޓް ހިންގައިގެން ވަމުން ދިޔަ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
+1
+1
ޚިޔާލުތައް