A wide advertisement which will be shown on all devices. (700 x 100)

ރަނިންމޭޓް ފައިސަލް އިބޫގެ ކެމްޕޭނާއި ގުޅެން މާދަމާ ފުވައްމުލަކަށް

މާދަމާ ފުވައްމުލަކު ޖަޒީރާ ރާއްޖެ' ކެމްޕޭން ޓީމާއި ރަނިން މެޓް ފައިސަލް ގުޅޭނެ.

މިރޭ ޖުމްހޫރި ޕާޓީން އިންތިޚާބު ކުރި އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓް ފައިސަލް ނަސީމު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ފައިސަލްގެ މިދަތުރަކީ އައްޑޫގައި ފުވައްމުލަކުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން މިހާރު ކުރިޔަށް ގެންދާ ކެމްޕޭނުގައި ބައިވެރިވުމަށް ކުރާ ދަތުފުޅެކެވެ.

މާދަމާ ހަވީރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ޓީމާއި ފައިސަލް ނަސީމު ގުޅޭނެ ކަމަށް ވެއެވެ.

ފައިސަލް ނަސީމަކީ އެނާގެ އަމިއްލަ ރަށް ފުވައްމުލަކުގައި ބޮޑު ތާއިދެއް އޮންނަ ބޭފުޅެކެވެ. ޚާއްސަކޮށް އިޖުތިމާޢީ ގޮތުން ފައިސަލުގެ އެހިތެރިކަން ފުވައްމުލަކުގެ ގިނަ ބަޔަކަށް ވަނީ ލިބިފައެވެ. ފައިސަލް ވަނީ ކުރިން ރައްޔިތުންގެ ޚާއްސަ މަޖުލިސް އިންތިޚާބުގައި ވެސް ފުވައްމުލަކުން މިހާތަނަށް އެއް ކެންޑިޑޭޓަކަށް ނުލިބޭ ވަރަށް ނިސްބަތުން ގިނަ ވޯޓު ހޯދައިގެން ރައްޔިތުންގެ ޚާއްސަ މަޖުލީހުގެ ފުވައްމުލަކުގެ ގޮނޑި ފުރުއްވާފައެވެ.

އަދި މިހާރު ފައިސަލް ފުރުއްވަމުން ގެނެދަވާ ކާށިދޫ ދާއިރާގައި ވެސް ފައުސަލަކީ ވަރަށް މަގުބޫލު ބޭފުޅެކެވެ. ޖުމްލަކޮށް މުޅި ރާއްޖޭގެ ގިނަ ރައްޔިތުންތަކެއްގެ ރުހުމާއި ލޯބި ހޯދާފައިވާ ފައިސަލް އިދިކޮޅު ރިޔާސީކެންޑިޑޭޓް ގެ ރަނިން މޭޓަކަށް ހޮވުމާއެކު ފުވައމުލަކު ޕީޕީއެމްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންތަކެއް ވެސް ވަނީ ފައިސަލަށް ތާއިދުކޮށް ރިޔާސީ އިންތިޚާބުގަިއ ފައިސާލާއި އެއްފަޅއަކަށ އަރާނަ ކަމަށ ބުނެފައެވެ.

ފައިސަލް ރިނިން މޭޓަކަށް ހޮވުމާއެކު އޭނާއަށް އަންނަނީ ގިނަ ބަޔެއްގެ މަރުހަބާއާއި ތައުރީފު އޮހެމުންނެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ކުޑަ ތަފާތަކުން މެޖޯރިޓީ ލިބުނު ފުވައްމުލައް ސިޓީގެ މެޖޯރިޓީ މިފަހަރު ބޮޑުތަނުން އިދިކޮޅު އެމްޑިޕީ ކޯލިޝަނަށް ލިބޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނި ޝުއޫރު ފާޅު ކުރަމުންނެވެ.

މިހާ އަވަހަށް ފައިސަލް އިދިކޮޅު ރިޔާސި ކެމްޕޭނާއި ގުޅިވަޑައިގަތުމަކީ ފައިސަލުގައި އިދިކޮޅު އެމްޑީޕީން ބޭނުންވާ ފަދަ ވަރުގަދަ ކެމްޕޭން ކުރުމުގެ ހަކަތަ ހުރިކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް އެމްޑީޕީ ސަޕޯޓަރަކު ބުނެޏެވެ.

ރާއްޖޭގެ ނާއިބު ރައީސްގެ ދައުރަކީ ބޮޑަށް އިޖުތިމާޢީ ކަންކަން ބެލެހެއްޓުން ކަމަށް ވާއިރު ފައިސަލަކީ އިޖުތިމާއީ ކަންކަމުގައި ނަމޫނާ، ދެވަނައެއް ނެތްވަރުގެ ބޭފުޅެއް ކަމަށް ފުވައްމުލަކުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއާއެކު މިފަހަރުގެ ރަނިން މޭޓަކީ ނާއިބު ރައީސް ކަމަށް ވަރަށް އެކަށޭނަ ބޭފުޅެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !