A wide advertisement which will be shown on all devices. (700 x 100)

ހީލިން ޕޮއިންޓް: ހިޖާމާއަށް ހާއްސަ ސެންޓަރެއް

ހީލިންގ ޕޮއިންޓްގެ ކުލިނިކް

ޙިޖާމާގެ ފަރުވާ ފޯރުކޮށްދޭން “ހީލިން ޕޮއިންޓް” ގެ ނަމުގައި ފުވައްމުލަކުގައި ސެންޓަރެއް ހުޅުވައިފި އެވެ.

ދިވެހިބޭސް ވެރިކަމާއި ހިޖާމާޖެހުމުގެ މަސައްކަތް މީގެ 4 އަހަރުކުރިން ފެށިގެން ކުރަމުން އަންނަ ފުވައްމުލަކު ރަންމުތްގެ އަޙްމަދު ވަޙީދު ވިދާޅުވީ އެތަނުގެ މައިގަނޑު ޚިދުމަތަކީ ހިޖާމާގެ ފަރުވާ އެވެ. އަންހެން އަދި ފިރިހެން ބޭފުޅުންނައް ވެސް ފަރުވާ ދެވޭގޮތައް ތައްޔާރު ކޮއްފައިވާ މިސެންޓަރަކީ ފުވައްމުލަކުގައި ހުޅުވިގެން ދިޔަ މިފަދަ ފުރަތަމަ ސެންޓަރެވެ. ބޭސްވެރިކަމުގެ ދާއިރާގައި ފުވައްމުލަކުން އެންމެ ފާހަގަކޮށްލެވޭ ކަރިއްޔާގެ އާއިލާއަށް ނިސްބަތްވާ ވަޙިދަކީ ހިޖާމާ ޖެހުމާއި ދިވެހި ބޭސްވެރިކަމުގައި ފުވައްމުލަކުގެ އިތުރުން އައްޑުއަތޮޅަށްވެސް މަޝްހޫރު، މީހުންގެ އިތުބާރު ލިބިފައިވާ ހުނަރުވެރި ބޭސްވެރިއެކެވެ. ހީލިން ޕޮއިންޓް އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޑުރައި ކަޕިން، ވެޓް ކަޕިން، ކަޕިން މަސާޖު، ފޭޟަލް ކަޕިން،ފަޔަރ ކަޕިން، ހާބަލް މަސާޖު އަދި ހަކީމީ ބޭސްވެރިކަން ހިމެނެއެވެ.

ހިޖާމާ އެންޑް ޕްރޮފެޓިކް މެޑިސިން އިންސްޓިއުޓްއިން ހަޔަރ ޑިޕްލޮމާ ހާސިލުކޮށްފައިވާ ވަހީދަކީ ދިވެހިބޭހުގެ ތަފާތު އުފެއްދުންތައް، ޒަމާނީ ފެންވަރަށް ތައްޔާރުކޮށް “އަބުއި” ގެ ނަމުގާ ބާޒާރަށް ނެރެމުންދާ ފަރާތެކެވެ. ބޭނުންކުރާ މީހުންގެ މެދުގައި ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައިވާ މިއުފެއްދުންތަކުގެ ތެރޭގައި ފައިގަ ހުންނަ ކަޅުތިކިތަކާއި ލައްތައް ފިލުވުމާއި ފައިގެ ހަންގަނޑު ރީތިކޮށް ބަހައްޓައިދީ މަރުވެފައި ހުންނަ ހަންކޮޅުތައް ނައްޓުވާލާ ފައިގެ ރީތިކަން ގެނެސްދޭ އުފެއްދުމެއްގެ އިތުރުން މޫނުގެ ކުލަރީތިކޮށްދީ މޫނުގައި ހުންނަ ލައްތައް ފިލުވާލާ މޫނުގެ ކުލަ އަލިކޮށްދޭ ފޭސްމާސްކަކީ ވަހީދުގެ އުފެއްދުންތަކުގެ ތެރެއިން މީހުންގެ މެދުގައި ވަރަށްޚާއްސަ މާގާމެއް ހޯދާފައިވާ އުފެއްދުންތަކެކެވެ. މީގެއިތުރުން ” ބާހު ” ގެ ނަމުގާ ސާފަތެއްވެސް ވަނީ ބާޒާރައް ނެރެފައެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށް ބަންދުކުރެވި ލޭބަލްކޮށްފައިވާ މިއުފެއްދުންތަކަކީ އެއްވެސް ބާވަތެއްގެ ކެމިކަލެއް އެކުލެވިގެންނުވާ އުފެއްދުންތަކެކެވެ. ގުދުރަތީ ފަތްޕިލާވެލީގެ މިއުފެއްދުންތަކުގެ މަގުބޫލުކަން ދުވަހެއްދުވަހަކަށް އިތުރުވަމުންދާ ކަމީ ވަޙީދުގެ ބޭސްވެރިކަމަށް މީހުންގެ އިތުބާރު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.

ޖިންސީ ބަލިކަށިކަން ހުންނަ ފަރާތްތަކަށާއި ބޮލުގަ ރިއްސުމާއި ބުރަކަށީގައި ރިއްސުން، ހަމުގެ ބަލިތަކާއި އަދި ރާއްޖެ ބަލި ފަދަ ބަލިތަކަށްވެސް ވަހީދު ފަރުވާކުރެއެވެ. ހިޖާމާގެ ފަރުވާއާއި ދިވެހިބޭސްވެރިކަމަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި އެކު ފުވައްމުލަކު މާދަޑު “މުތީ” ގައި ހުޅުވުނު މި ސެންޓަރު ވެގެންދާނީ ވަހީދުގެ ޚިދުމަތް ހޯދަމުންދާ އަދި އެޚިދުމަތަށް ބޭނުންވެފައިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ. ގޭގެއަށްގޮސް ފަރުވާ ދިނުމުގެ ބަދަލުގައި ސެންޓަރައް ގޮސްގެން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވަޙީދުގެ ފަރާތުން ލިބިދޭ ނުހަނު އަގުހުރި ހަދިޔާއަކަށެވެ. އަދި ވަޙީދުގެ ޚިދުމަތަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށެވެ.

ހިޖާމާޖެހުމާއި ދިވެހިބޭސްވެރިކަމަށް ބޭނުންވާ ފަރާތްތަކަށް ހީލިން ޕޮއިންޓް އަބަދުވެސް މަރުހަބާ ކިޔާނެއެވެ. ފުވައްމުލަކުގައި ހުންނަ ފްރީގޭޓް ފިހާރައާއި އިންވެގެންހުންނަ ހީލިން ޕޮއިންޓަކީ ޚިދުމަތްލިބިގަންނަ ފަރާތްތަކަށް ހިތްހަމަޖެހުން ގެނެސްދޭތަނަކަށް ހެދުންއެއީ ވަޙީދުގެ އެންމެބޮޑު އަމާޒެވެ. އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މިހާރުވެސް ހުރީ ތައްޔާރަށެވެ. އަންހެން އަދި ފިރިހެން ތެރަޕިސްޓުން ނާއިއެކު ހިޖާމާގެ ފަރުވާދެވޭ ގޮތައް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !