A wide advertisement which will be shown on all devices. (700 x 100)

ރޭގައި ކަރަންޓް ޔަގީން ނުކުރެވުނު

ފުވައްމުލަކުގައި ދެމުންދާ ކަރަންޓްގެ ޚިދުމަތަށް އިތުބާރާއި ކިހާ ޔަގީންކަމެއް އެބައޮތްބާ؟ ފޮޓޯ: ފެނަކަ-ފވމ

ރޭ ފުވައްމުލަކުގެ ބޮޑު ބަޔަކުން ކަރަންޓް އެއްކޮށް ކެނޑިގެން ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ އިރާކޮޅު ކަރަންޓް ކެނޑުނީ ޓްރާނސްފޯމަރަކަށް ދިމާވި މައްސަލައެއްގައި ކަމަށް ފެނަކަ-ފުވައްމުލަކުގެ އިސްފަރާތަކުން ބުންޏެވެ. އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދެވޭ ވަރުވީ ރޭ ދަންވަރު 11 ޖަހާ އެހާކަށްހާ އިރެވެ.

މިއަހަރު މާޗުމަހު ފަހުކޮޅުގައި ވެސް ވަނީ ފުވައްމުލަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެފައެވެ.

މިދުވަސްވަރަކީ ގިނަ އަދަދެއްގެ މެހުމާނުން ފުވައްމުލަކަށް އައިސްގެން އުޅޭ ދުވަސްވަރަކަށް ވެ ރޭގެ ގިނަ އިރުތަކެއްގައި ކަރަންޓް ނެތި އުޅެން ޖެހުމުން ގިނަ ބަޔަކު ކަންބޮޑު ވުން ފާޅުކުރިއެވެ. އެތުލެޓިކްސް މުބާރާތަށް 20 އަށް ވުރެ ގިނަ ރަށުން ބޭރުގެ ސްކޫލުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ވަނީ ފުވައްމުލަކަށް އައިސް ފުރި ބާރުވެފައެވެ.

ފުވައްމުލަކު އިންޖީގެ އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދާދިފަހުން ވަނީ ކޮށްފައެވެ. މެގަވޯޓުގެ އައު ދެ ޖަނެރޭޓަރެއް ވެސް ބަހައްޓާފައި ވެއެވެ. އަދި 2015 ވަނަ އަހަރު ވަނީ 11 ކިލޯ ވޯލްޓްގެ ނެޓްވޯކަށް ބޭނުންވާ އައު ޓްރާންސްފޯމަރެއް ގެނެސް އިންސްޓޯލް ކޮށްފައެވެ. ނަމަވެސް ދޭތެރެ ދޭތެރެިއން ކަރަންޓް ކެނޑުމުގެ މައްސަލއަށް ހައްލެއް ނުލިބެއެވެ. 

މިފަދަ ދަނޑިވަޅުތަކުގައި ކަރަންޓް ދެވޭނެ ބަކަޕް ސިސްޓަމެއް ނެތީ ބާވައެވެ. އެއީ އުންޖީނުގެ މައްސަލއެއް ނުވަތަ ޓްރާންސް ފޯމަރުގެ މައްސަލައެއް ނަމަވެސް ބެކަޕް ސިސްޓަމަކުން ހައްލު ނުކުރެވެންވީ ސަބަބަކާއ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !