14 ނޮވެމްބަރ 2018 ( ބުދަ )

banner

މާޓާޓޯގެ ޓްރެވެލް އެވޯޑްސް އަށް ވިލަގްޒާ ރެޓްރީޓް ނޮމިނޭޓް ވެއްޖެ

ދިވެހި ޓްރެވަލް އޭޖަންޓުންނާއި ޓްއަރ އޮޕަރޭޓަރުންގެ ޖަމްއިއްޔާ (މަޓާޓޯ) ގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2015ގެ ލީޑިންގ ގެސްޓް ހައުސް ކެޓަގަރީ އިން ފުވައްމުލަކުގެ މަޝްހޫރު ގެސްޓްހައުސް އެއް ކަމަށްވާ ވިލަގްޒާ ރީޓްރީޓް ނޮމިނޭޓް ވެއްޖެއެވެ.

ހަތަރު ކޮޓަރީގެ މިގެސްޓް ހައުސް އިން ކަސްރަތުކުރުމުގެ ޚިދުމަތުގެ އިތުރުން މަސާޖުކުރުމާއި، ޑައިވިންއަށް ދިއުމުގެ ޚިދުމަތާއި، މަހަށް ގެންގޮސްދިނުމާއި، ފެނުގެ ތަފާތު ކުޅިވަރުގެ ޚިދުމަތް ލިބެން ހުރެއެވެ.

މިއަހަރު މެއީ މަހު ޑުބާއީގައި ބާއްވާ އެރޭބިއަން ޓްރެވަލް މާކެޓާއި ދިމާކޮށް ޑުބާއީގައި ހޮސްޓް ކުރުމަށް ރާވާފައިވާ މިއަހަރުގެ މޯލްޑިވްސް ޓްރެލް އެވޯޑަށް ބޭރުދުނިޔޭގެ ފަރާތްތަކުގެ ސަމާލުކަން ލިބޭނެ ކަަމަށް މަޓާޓޯއިން ހާމަކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު