A wide advertisement which will be shown on all devices. (700 x 100)

މިރޭގެ ފުރިހަމަ ހަނދު ކޭތަ

މިރޭ ހިފި ފުރިހަމ ހަނދުކޭތަ - އިކޮނޮމިކްޓައިމްސް އިން ކެޕްޗަރ ކުރެވިފައި.

ހަނދުކޭތަ އަކީ ދުނިޔެއާއި އިރާއި ހަދު ދައުރު ކުރުމުގެ ތެރެއިން ހަނދު ދުނިޔޭގެ ފަހތަށް ވަދެ، ދުނިޔޭގެ ހިޔަނި އެއަށް އެޅިފައި ހުރުމެވެ. އެގޮތުން މިރޭ ހިފި ހަނދުކޭތަ އަކީ މިގަރުނުގައި ވެސް ހިފާނެ އެންމެ ދިގު ހަނދު ކޭތަކަމަށް ވެއެވެ.

ފުރިހަމަ ހަނދުކޭތަ އެއް ހިފުމުން ހަނދުގެ ކުލަ މަޑު ރަތް-އޮރެންޖު ކުލައަކަށް ބަދަލު ވެއެވެ. އެހެން އެވަނީ އިރުން ފޮނުވާ އަލި ދުނިޔޭގައި ޖެހިފައި ރިފްލެކް ވެގެން ޖައްވުގެ ތެރެއަށް ދިއުމުން ހަނދަށް އެޅެނީ ރިފްރެކްޓެޑް އައްޔަކަށް ވާތީއެވެ. މިގޮތަށް ހަނދު ފެންނާތީ “ބްލަޑް މޫން” އޭ ވެސް ކިޔައިއުޅެއެވެ.

މިރޭ ހަނދުކޭތަ އިކޮނޮމިކް ޓައިމުސްގެ ފޭސްބުކް ލައިވް އިން ދުނިޔޭގެ އެކި އޮބްޒަވޭޓަރީތައް މެދުވެރިކޮށް ދައްކަމުން ދިޔައެވެ. ފާހަގަ ކުރެވުނު ކަމަކީ ހަނދުގެ ކުލަ ރަތާއި ގުޅޭ މަޑު އެކިއެކި ކުލަތަކަށް ބަދަލުވަނުން ދިޔަކަމެވެ. މަޑު ފިޔާތޮށި ކުލައާއި މަޑު ދަނބު ކުލަ އަދި އޮރެންޖު ކުލަވެސް ފާހަގަ ވިއެވެ.

ފަލަކީ ހިސާބުތަައް ބުނާގޮތުން މިރޭ ހަނދު ކޭތަ ހިފާނީ ރޭގަނޑު 10:14 ގައި އެވެ. އަދި ކޭތަ ވީއްލާނެ ކަމަށް ބެލެވެނީ ފަތިހު 4:28 ގަ އެވެ.  

ކޮންމެ އަހަރަކު ވެސް މަދުވެގެން ދެފަހަރު ހަނދުކޭތަ ހިފައެވެ. ނަމަވެސް މަދު ފަހަރަކު ނޫނީ ފުރިހަމަ ހަނދު ކޭތައެއް ނުހިފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !