A wide advertisement which will be shown on all devices. (700 x 100)

ދޭތެރެ ދޭތެރެއިން ކަނު އަނދިރި ކަމަށް: ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތަށް އޮތީ ކޮން އިތުބާރެއް؟

ފެނަކަ-ފުވައްމުލަކުގެ މުވައްޒަފުން ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަނީ ފޮޓޯ: ފެނަކަ-ފުވައްމުލައް

ފުވައްމުލަކުގެ ބޮޑު ބަޔަކުން މިއަދުވެސް ކަރަންޓް ކަޑާލައިފިއެވެ. ފެނަކަ ފުވައްމުލަކު އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން މިއަދު ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކަޑާލަން ޖެހުނީ އެއިންޖީނުގޭގައި ބޭނުން ކުރަމުން ދާ ނަމްބަރު 2 އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. 2 ނަމްބަރު އިންޖީނަށް ދިމާވި މައްސަލަ ހައްލުވަންދެން ރަށުގެ ދެބައިކުޅަ އެއްބައިން ކޮންމެ ދެގަޑިއަކުން ދެގަޑިއަކުން ކަރަންޓް ކަނޑާލަމުން ދާނަކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން ކަރަންޓް ކަނޑާލާނެ ގޮތް ކަމަށް އެ އިންޖީނުގެއިން ބުނެފައި ވަނީ: 

ރަށުގެ އުތުރު ކޮޅުން: ހެނދުނު 008-ން 10:00 އަށް މެންދުރު 12:00 ން 14:00ށް. މިގޮތަށް ދެގަޑި އިރަށް ކަރަންޓް ދިނުމަށްފަހު އަނެއްދެގަޑީ އިރު ކަރަންޓް ކަނޑާލާ އުސޫލަކުންނެވެ.

ރަށުގެ ދެކުނު ކޮޅުން: ހެނދުނު 6:00 ން 8:00 އަށް، 10:00 ން 12:00 އަށް، މިގޮތަށް ދެގަޑި އިރަށް ކަރަންޓް ދިނުމަށްފަހު އަނެއް ދެގަޑީ އިރު ކަރަންޓް ކަނޑާލާ އުސޫލަކުންނެވެ.

ދެ ނަމްބަރު އިންޖީނަށް ދިމާވި މައްސަލަ ހައްލުވާނެ ކަމަށް ލަފާކުރެވޭ ގަޑިއެއް އަދި މެދު ނުކެޑި ކަރަންޓް ލިބޭނެ ވަކި ގަޑިއެއް އެ އިންޖީނުގެއިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ 3 ވަނަ އަށް އެންމެ ބޮޑު އާބާދީ ހިމެނޭ ފުވައްމުލައް ސިޓީގެ ކަރަންޓްގެ ޙާލަތު ދަށްކަމުގެ ޝަކުވާ ރަށުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ކުރަމުންނެވެ.

ނިމުނު ހަފުތާގައި ވެސް ފުވައްމުލަކުގެ ބޮޑު ބަޔަކުން ކުއްލިއަކަށް ކަރަންޓް ކެނޑި ގިނަ އިރުތަކެއްގައި ކަނު އަނދިރީގައި ތިބެން ވަނީ ޖެހިފައިވެއެވެ. (23 ޖުލައި 2018)

ފާއިތުވި ޖޫން މަހު ވެސް މައްސަލަޖެހި، ކަރަންޓް ކަނޑާލަން ޖެހިފައި ވެއެވެ. (7 ޖުން 2018)

އަހަރު ކުރި ކޮޅު ވެސް ވަނީ ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައެވެ. (19 މާރޗް 2018).

ނަމަވެސް ފުވައްމުލަކު އިންޖީނުގެއަށް 1.2 މެގަ ވޮޓްގެ އިންޖީނެއް ގެނެސްފައި ވެއެވެ. އަދި ބާރުގަދަ އައު ޓްރަންސްފޯމަރު ގެނެސްފައި ވެއެވެ. ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ހައިވޯލްޓެޖް ކޭބަލް އަޅާފައިވާ ކަމަށް ވަނީ ހަމަކޮށފައެވެ. 

ކަން މިހެން ހުރިނަމަ ވެސް ރައްޔިތުންނަށް އިތުބާރު ހިފޭ ކަރަންޓްގެ ޚިދުމަތެއް ފޯރުކޮށް ދިނުމަށް ފެނަކަ ފުވައްމުލަކުން މިވަނީ ނުކުޅެދިފައި ކަމަށް ބުނެ ރައްޔިތުންގެ ފާޑު ކިޔުންތައް އަންނަނީ އެފަރާތަށް އަމަޒު ވަމުންނެވެ.

އިންޖީނުގޭގެ އިންޖީނަކަށް މައްސަލައެއް ދިމާވާތަނުން މި ޖެހެނީ މުޅި ރަށުން ނުވަތަ ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލާށެވެ. އިންޖީނަކަށް މައްސަލައެއް ދިމާވާހިނދު ރަށަށް ކަރަންޓް ދެވެނޭ އެކަށީގެންވާ ވަރުގެ ބެކަޕް އިންޖީނެއް ހުރިކަމަކަށް ނުބެލެވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !