17 އޮކްޓޯބަރ 2018 ( ބުދަ )

banner

މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދެވޭވަރު ވާނީ މާދަމާ މެދުރު - ފެނަކަ. ފޮޓޯ: ފެނަކަ-ފުވައްމުލައް

ކަރަންޓް މައްސަލަ ހައްލުވާނީ މާދަމާ – ހަސަން

މިހާރު ފުވައްމުލަކުގެ ކަރަންޓަށް ދިމާވެގެން އުޅޭ މައްސަލަ މުޅިން ހައްލުވާނީ މާދަމާ މެންދުރު ކަމަށް ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ހަސަން އަބްދުﷲ (ކޭ-ހަސަން) ދާދި ދެންމެ އަކު ވިދާޅުވެއްޖެއެވެ. ދެ ނަމްބަރު އިންޖީނަށް އިއްޔެ ދިމާވި މައްސަލަ ހައްލުކުރުމަށް އެވަގުތުން ފެށިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ވަނީ 2 ނަމްބަރު އިންޖީނަށް ބޭނުންވާ ސްޕެއަރ ޕާރޓްސް ރަށަށް ގެނެސްފައި ކަމަށް ވެއެވެ. ކަމާއި ގުޅޭ ޓެކްނިކަލް ޓީމެއް އިއްޔެ އަޑޫން އައިސްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ދެއްވިއެވެ. މި ޓީމާއެކު އެމެރިކާގެ ޕާކިންސް ކުންފުނީގެ މާހިރަކު ވެސް މަސައްކަތް ކުރަމުން އަންނަކަމަށް ކޭހަސަން މައުލޫމާތު ދެއްވިއެވެ.

ދެ ނަމްބަރު އިންޖީނުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލަ ހައްލުކުރުމަށް އިއްޔެ ވަނީ އައްޑޫ އިން ސްޕެއަރ ޕާރޓްސް ތަކެއް ގެނެސްފައެވެ. ނަމަވެސް އެއެއްޗެހި ދިމާނުވި ކަމަށް ބުނެ ފެނަކައިގެ މުވައްޒަފުންނަށް އަމާޒުވި ފާޑުކިޔުމަށް ރައްދު ދެމުން ކޭ ހަސަން ވިދާޅުވީ، އެސްޕެއަރތައް ގެނައީ ނަމްބަރު ނޭނގިގެން ނޫން ކަމަށާއި ވަގުތުން މައްސަލަ ހައްލުކުރެވޭނެ ގޮތަށް އެ ސްޕެއަރ މޮޑިފައި ކުރެވިދާނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވުމުން މިހާރު ވަނީ ސްޕެއަރ އެމެރިކާއިން ގެނެސް، އައްޑު މަގުން ރަށަށް ގެނެސްފައި ކަމަށް ވިދާޅުވިއެވެ.

ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެން ދިމާވަނީ ބެކްޕް ޖަނެރޭޓަރެއް ނެތިގެން ތޯ ސުވާލު ކުރުމުން ހަސަން ވިދާޅުވީ، 2 ނަމްބަރު އިންޖީނަށް ދިމާވި މައްސަލާގައި ބުރައިގެން އައި އެއްޗަކުން ޖެހި އިތުރު އިންޖީނެއްގެ ފަންކާ(ފޭން)އަށް ގެއްލުން ވުމުގެ ސަބަބުން ބެކަޕް ޖެނެރޭޓުގެ ބޭނުން ނުކުރެވުނީ ކަމަށެވެ. 

މިއާއެކު ހަސަން ކުށްވެރިކުރީ ކުރީގެ ސަރުކާރުތަކެވެ. އެސަރުކާރުތަކުން ފުވައްމުލަކުގެ ކަރަންޓަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. އަދި މިސަރުކާރުން ވަނީ މެގަވޯޓްގެ 3 ޖަނެރެޓަރާއި ހައިސްޕީޑް ކޭބަލް އާއި ޓްރަންސްފޯމަރުތައް ގެނެސް ފުވައްމުލަކުގެ ކަރަންޓަށް ބޮޑު ހޭދައެއް ކަށްފައިކަމަށެވެ.

ކޭހަސަނު ވިދާޅުވި ގޮތުގައި މިރޭ ދަންވަރު 2 ނަމްބަރު އިންޖީނުގެ ޓެސްޓްކުރުމަށް މުޅިރަށަށް ކަރަންޓް ދެވޭނެކަމަށެވެ. ނަމަވެސް މުޅިން ފުރިހަމަކޮށް އޮޕަރެޝަނަށް އެ އިންޖީނު ގެނެވޭނެ ކަމަށް ބެލެވެނީ މާދަމާ މެދުރެއް ހާއިރު ކަމަށެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު