17 އޮކްޓޯބަރ 2018 ( ބުދަ )

banner

ފުވައްމުލަކު ފަޔަރ ފައިޓާރސް

ދޫނޑިގަމު ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ.

މިރޭ އިރާކޮޅު ދޫނޑިގަމު “ގުބާ” (ފީގޭ ބޭބޭގެ ބައެއް)ގެ ކޮޓަރިއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ވެއެޖެއެވެ. އަލިފާން ރޯވި ގުބާގެ އެހެން ބަޔެއްގައި އުޅޭ ޝިއާރު މިކަލް ނޫހަށް މައުލޫމާތު ދެމުން ހާމަކުރި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ މިއަދު އިރު އޮއްސުނު އިރު އެ ހިސާބުން ކަރަންޓް ކެނޑުމުން ކޮޓަރިތެރޭގައި ރޯކުރި އުއްބައްތި އަކުންނެވެ.

ކަރންޓް ދިއުމުން އެކޮޓާރީގައި ދިރިއުޅޭ މީހުން އުއްބައްތި ރޯކޮށްފައި ޕްލާސްޓިކު ތައްޓަކަށްލައި ބެހެއްޓިކަމަށް ވަނީ ދޮންނަމެޝިނެއްގެ މަތީގައެވެ. އަދި ބެލެބޭ ގޮތުން އުއްބައްތީގެ އަލިފާން ޕްލާސްޓިކް ތަށިގައި ހިފައި އަދި ތަށިން ދޮންނަ މެޝުނުގައި އަލިފާން ހިފީ ކަމަށް ބެވޭ ކަމަށް ޝިއާރު ކިޔައިދިނެވެ. 

އެވަގުތު އެކޮޓަރީަގއި ތިބޭ މީހުން ވީ ޖެހިގެން ހުރި ބަޔަށް ގޮސްފައެވެ. ވުމާއިކު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ހިފާފައި ހުރިކަން އެނގުނީ އެމީހުން އެނބުރި ގުބާގެ އަށް އައުމުންވެ. 

އަދި އެހިސާބުގެ މީހުންގެ އެހިއާއެކު ވަގުތުން އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި ދާދި އަވަހަށް އަލިފާން ކޮންޓްރޯލް ކުރެވުނުކަމަށް މައުލޫމާތު ދިނެވެ. އެސަރަހައްދަށް ފުވައްމުލަކު ފަޔަމަނުންނަށް އާދެވުނު އިރު އަލިފާން ވަނީ ނިއްވާލެވިފައި ކަމަށް ވެއެވެ.

މިހާދިސާގައި އެކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ވިނަމަވެސް އެނދާއި ސީލިންގަށް ދުމުގެ އަސަރުކުރުން ފިޔަވައި އިތުރު ގެއްލުމެއް ނުވާކަމަށް ޝިއާރު ބުންޏެވެ. އަދި ޖެހިގެން ހުރި ކޮޓަރިއަށް ވެސް ދުމުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާކަމަށެވެ. އަލިފާނުގެ އަސަރު އެހެން ބައިތަކަށް ނުދިޔައީ ކޮޓަރީގެ ބަންދު ބޮޑު ކަމުން ކަމަށް ޝިއާރު ގަބޫލުކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު