17 އޮކްޓޯބަރ 2018 ( ބުދަ )

banner

ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވި 3 ދުވަސް. ބައްޕަޔަކު ކުޑަދަރިފުޅު ނިންދަވަނީ

އަދިވެސް ކަރަންޓް ނުލިބޭ! 3 ދުވަސް ކަނު އަނދިރީގައި

ނިމުނު ޖުލައި މަހު 30 ވަނަ ދުވަހު ފުވައްމުލަކުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ނުވެ 3 ވަނަ ދުވަހު ވެސް ކަނު އަނދިރީގައި ފުވައްމުލަކު ރައްޔިތުން ތިބެން މިވަނީ ޖެހިފައެވެ. އިއްޔެ ފެނަކަ-ފުވައްމުލަކުން ހާމަކޮށްފައި ވަނީ މިއަދު މެންދުރަށް ކަރަންޓް ގެ މައްސަލަ ހައްލުކުރެވި މުޅި ރަށަށް ކަރަންޓް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިރޭ ވެގެން ދިޔައިރު ވެސް މިވަނީ ކަރަންޓްގެ މައްސަލަ ހައްލު ނުވެފައެވެ.

ރަށަށް ކަރަންޓު ދިނުމަށް މިހާރު ބޭނުން ކުރަނީ 1 މެގަ ވޮޓްގެ 2 ޖެނެރޭޓަރާއި 1.2 މެގަވޮޓްގެ ޖެނެރޭޓަރަކެވެ. ރަށުން ކަރަންޓު ކަނޑަން ފެށީ 1 މެގަވޮޓްގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލު ނުކުރެވި ދުވަސްތަކެއް ވެފައި ވަނިކޮށް 1.2 މެގަވޯޓުގެ 2 ނަމްބަރު އިންޖީނުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މިހާރު ކަރަންޓަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް 800 ކިލޯ ވޮޓްގެ ޖެނެރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން މީީޑއާއަށް މައުލޫމާތު ދީފައިވެއެވެ. އެ ޖަނަރޭޓަރު ގެނެސް ބޭނުންކުރަން ފެށުމުން ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ޖެނެރޭޓަރު ފުވައްމުލަކަށް ގެނެވޭނެ ވަކި ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ކަރަންޓަށް ދިމާވެގެން އުޅޭ މައްސަލަ މި ރޭ ހައުލުވާނެ ކަމަށް ފެނަކައިން ބުނެ ދެވަނަ ފަހަރަށް ވަގުތު ދިން ކަމުގައިވިޔަސް އަދިވެސް ވަނީ ކަރަންޓް ހުރިހާ ހިސާބަކަށް ކަރަންޓް ލިބޭ ގޮތް ވަނީ ނުވެފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު