A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީން ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަތަކާ ވެސް ހިލާފުވެވަޑައިގެންފައި – މަލީހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމް، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަފުޅުތަކާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ އެންމެ ފުރަތަމަ ޔޫތު މިނިސްޓާރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މަލީހު މިހެން ވިދާޅުވީ ދ. މީދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެގޮތުން އެމަނިކުފާނު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން ނަންގަވަނީ މުސާރަ އެއްކޮން ކަން މަލީހް ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ ވެރިކަމަށް ފަހު ވެސް އުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އުޅުއްވިގެކޮޅު ވެސް މިހާރު ނެތް ކަމަށްވެސް މަލީހް ވިދާޅުވި އެވެ. 

ރޭގެ ވާހަކަފުޅުގައި މަލީހު ވަނީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމަށްވެސް ފާޑުވިދާޅުވެފައެވެ. އޮންނަ ރީތި އުސޫލަކީ ރައީސަކު އިތުރު ދައުރަކަށް ކުރިމަތިލާއިރު އެ ހުންނަވާ ނައިބު ރައީސަކާއެކު ކުރިމަތިލުން ކަމަށާއި ނަމަވެސް މިހާރު ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދު ދޫކޮށްލައްވާފައި ރަނިންމޭޓްކަން ދިނުމުން ޝަހީމްގެ ދުރޫސުލް އަހްލާގުގެ މިންވަރެއް ހުރި ނަމަ އެކަން ގަބޫލެއް ނުކުރެއްވީސްކަން މަލީހް ފާހަގަކުރެއްވިއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !