17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އީޔޫގެ އެހީގައި ވެރިކަމަށް އައިސްފިނަމަ، އެއް ޖިންސުން ގުޅުން ހިންގަން ބާރު އަޅާނެ ކަމަށް ބުނެފައެއް ނުވާނެ – ޝައިޚް ޝަފީއު

އީޔޫގެ އެހީއާއިއެކު ވެރިކަމަށް އައިސްފިނަމަ އެއް ޖިންސުން ގުޅުން ހިންގަން ބާރު އަޅާނެ ކަމަށް ބުނެފައި ނުވާނެ ކަމަށް ޝައިޚް ޝަފީއު އަބްދުﷲ ހާމަކުރައްވައިފިއެވެ. ޝައިޚް ޝަފީއު މިކަން ހާމަކޮށްފައިވަނީ މިއަދު ފޭސްބުކް މެދުވެރިކޮށް އަޕްޑޭޓް ކުރައްވާފައިވާ ސްޓެޓަސްއެއްގައެވެ.

“އަޅުގަނޑުގެ ޕޯސްޓުގައިވަނީ އީޔޫގެ ބެކިން ގައި ބަޔަކު އައިސްފިނަމަ އީޔޫ އިން އިމްޕޯސް ކުރަން އަންގާ ވެލިއުސްތައް އިމްޕޯސްކުރަން ޕްރެޝާރ ކުރާނެ ކަމަށް، އެފަދަ ޕްރެޝަރަކަށް ވެރިކަމުގައި ތިބޭ ބަޔަކަށް ކެތްކުރެވޭނީ ކިހާވަރަކަށްތޯ ސުވާލު އުފެދޭކަމަށް” ޝައިޚް ޝަފީއު މިއަދު ކުރެއް ފޭސްބުކް އަޕްޑޭޓްގައިވެއެވެ.

އިތުރަށް ސާފުކޮށްދެއްވަމުން ޝެއިޚް ޝަފީއު ލިއުއްވާފައިވަނީ “އެމީހުންގެ (އީޔޫ) ވެލިއުސް ގެ ތެރޭގައި ދީނީ މިނިވަންކަމުން ފެށިގެން އެއް ޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމައުން ބަލައިގަުން ހިމެނޭ ކަމަށް” އެވެ.

ޝައިޚް ޝަފީއު މިމޭރުމުން ލިއުއްވާފައުވަނީ ވަގުތު ނޫހުގައި ޝައިޚް ޝަފީއުގެ ފޭސްބުކް އަޕްޑޭޓަކާއި ހަވާލާދީ އިއްޔެ ލިޔެފައިވާ ލިއުމަކާއި ގުޅިގެނެވެ. އެކަމާއި ގުޅިގެން ވަގުތުނޫހުގެ ހެޑިން ރަގަޅުކޮށް ދިނުމަށްވެސް ޝައިޚް ޝަފީއު ގޮވާލެއްވިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު