A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ރައްޔިތުން ރީ-ރަޖިސްޓްރީވާން ހުށަހެޅި 285 ފޯމް ބާތިލުކޮށްފި

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަޟާ ހެންދުނު 8:00- ހަވީރު 4:00އަށް

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ވާން ފުވައްމުލަކު ރައްޔިތުން ހުށަހެޅީ ފޯމުތަކުގެ ތެރެއިން 285 ފޯމު މައުލޫމާތުގެ ސައްހަ ކަން ކަށަވަރު ނުވާތީ ބާތިލްކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ލިސްޓްގައިވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީވުމަށް ދީފައިވަނީ މާދަމާ އިން ފެށިގެން 3 ދުވަހުގެ މުއްދަތެކެވެ. ފޯމު ދޫކުރުމާއި ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މާލޭގައި ނަމަ ފޯމު ބަލައިގަންނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒު (ބާ ޖަމާލުއްދީން ސްކޫލް) އަށެވެ. ރަށްރަށުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލްތަކަށެވެ.

ބާތިލްވި ފޯމުތަކަށް ބަލާއިރު އެންމެ ގިނަ ފޯމު ބާތިލްވެފައިވަނީ ތިންވަނައަށް އެންމެ ކުޑަ އާބާދީ (ވޯޓުލުމުގެ ހައްގުލިބިފައިވާ އާބާދީ) އޮތް ދިގުވާނޑު އަވަށުންނެވެ. އެއަވަށުގެ 59 ފޯމެއް ބާތިލްވެފައިވާ އިރު އެންމެ އާބާދީ ބޮޑު ދޫޑިގަމުން ބާތިލްވެފައިވާ 23 ފޯމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !