19 ފެބުރުއަރީ 2019 ( އަންގާރަ )

banner

މިހާރު ފުވައްމުލަކުގައި ކުރިޔަށްދާ އިދިކޮޅު ވެހިކަލް ބުރު. 31 އޯގަސްޓް 2018

ގުޅިފައިވާ ޕާޓީތަކުގެ ވެހިކަލް ބުރެއް މިއަދު ފުވައްމުލަކުގައި ކުރިޔަށް ދަނީ

ރިޔާސީ އިންތިޚާބުގެ ކެންޕޭން ފޯރިއާއެކު ފުވައްމުލަކުގައި ކުރިޔަށް އެބަ ދެއެވެ. އެގޮތުން މިއަދު ސަރުކާރާއި އިދިކޮޅު ކޯލިޝަނުގެ އެއްގަމު އުޅަނދުފަހަރުގެ ބުރެއް ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި މިހާ ކުރިޔަށް އެބަ ގެންދެއެވެ.

މިއަދުގެ ސައިކަލު ބުރު ފެށީ ޣާޒީމަގުގެ އިރު އުތުރު ކޮޅުން، ރަސްގެފަންނު ހިސާބުންނެވެ. ގިނަ ދަދެއްގެ ސައިކަލުތަކުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ދިދަތަކާއި ލިޔުންތައް ހިފައިގެން އަންހެނުންނާއި ފިރިހެނުން މިބުރުގައި ބައިވެރިވާތަން މިބުރު ލައިވް ކުރި ވީޑީއޯއިން ހާމަވެއެވެ.

މިބުރުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އިދިކޮޅު ސަޕޯޓަރުން ބުނެއެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުގެ ކެމްޕޭނު ހަރަކާތްތައް މާ ފޯރިއާއެކު ފުވައްމުލަކުގައި ކުރިޔަށް ދާކަން ފާހަގަ ވެއެވެ. އެގޮތުން މި ނިމުމު ހަފުތާގެ ކޮންމެ ރެއަކު ހެން ކޮންމެ ވެސް އެއް އަވަށެއްގެ ހަރުގޭގައި އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތައް ބާއްވާފައި ވެއެވެ. 

އެގޮތުން ރޭގައި ކެމްޕޭން ބައްދަލުވުން ބާއްވާފައި ވަނީ ރަނިން މޭޓް ފައިސަލް ނަސީމުގެ އަވަށް ކަމަށްވާ ފުނާޑު އަވަށުގައެވެ. އެއިގެ ކުރީ ރޭ ވަނީ ދިގުވާޑު އަވަށުގައި އަދި އެއިގެ ކުރިން މާދަޑު އަވށުގައި އަދި އެއިގެ ކުރިން ހޯދަޑު އަވަށާއި ދޫނޑިގަމު އަވަށުގައި ވެސް ވަނީ ކެމްޕޭން ޖަލްސާތައް ބާއްވާފައެވެ.

ފުވައްމުލަކުގެ 8 އަވަށުގައި ވެސް އިދިކޮޅު ކެމްޕޭން ހަރުގެ ތަކާއި ޖަގަހަތައް ވަނީ ހަދާފައެވެ.

ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ފުވައްމުލަކުން ފެންނަނީ ވަރަށް ފަނޑު ކޮށެވެ. ކެމްޕެއިން ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ރިޔާސީ ރަނިން މޭޓް ޑރ. ޝަހީމު ފުވައްމުލަކަށް ކުރެއްވި ޒިޔާރަތަށް ފަހު މާބޮޑު ކެމްޕޭންގެ ހަރަކާތެއް ރަށުތެރެއިން ނުފެނެއެވެ. 

ނަމަވެސް ދާދި ފަހުން ވަނީ ހޯދަޑު އަވަށުގައި ކެމްޕޭން ބެނަރ ތަކެއް ހަރުކޮށްފައި ވެއެވެ. އަދި މި ހަފުތާ ބަންދާ ދިމާކޮށް ޕީޕީއެމް ކެޕްމޭނު ޓީމެއް މާލެއިން ފުވައްމުލަކަށް ގޮސްފައި ވެއެވެ. ނަމަވެސް ކެމްޕެއިނު ހަރަކާތެއް އަދި ނުފެނެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ޕީޕީއެމް ކެމްޕޭނުގައި މައްސަލަ ޖެހިގެން އުޅެނީ އެޕާޓީގެ ފުވައްމުލަކު މެމްބަރުގެ މެދުގައި އުފެދިފައިވާ ބައިބައި ވަންތަކަމުގެ ސަބަބުން ނެވެ.

އިދިކޮޅު ސަޕޯޓަރުން ބުނަނީ މިފަހަރު ފުވައްމުލަކުން %60 ގެ ކާމިޔާބީއެއް ގުޅިފައިވާ ޕާޓީތަަކށް ލިބޭނެ ކަމަށެވެ. ޕީޕީއެމް ކެމްޕޭނަރުން ބުނަނީ ފުވައްމުލަކުން މިފަހަރު ވެސް މެޖޯރިޓީ %50 އަށް ވުރެ ގިނަ އިން އެޕާޓީއަށް ވޯޓު ލިބޭނެ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު