A wide advertisement which will be shown on all devices. (700 x 100)

އެމްޕީ އަލީ ފަޒާދު އިދިކޮޅު ހަރަކާތްތަކާއި ގުޅުނީ ބާ؟

އެމްޕީ އަލީ ފާޒާދު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ދަަންނަވަނީ

ޕީޕީއެމް ޓިކެޓްގައި ރައްޔިތުންގެ މަޖުލީހަށް ފުވައްމުލަކު މެދުދާއިރާއިން ހޮވުނު އަލީ ފަޒާދު (އަލިބެ) މިއަދާއި ހަމަޔަށް ރައްޔިތުންގެ މަޖުލީހުން ފެނިގެން ގޮސްފައި ވަނީ ޕީޕީއެމަށް ވަފާތެރި މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އަލީ ފާޒާދު މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާކީ ސިޔާސީ އިދިކޮޅު ސަޕޯޓަރުންނެވެ. މިއަދު އަލިބެގެ ކަރަށް މެހިގެން ދިޔަތަން ފެނުނީ ގުލްޗަމްޕާ މަލުގެ ހާރެކެވެ.

އަލީ ފަޒާދު އިދިކޮޅާއި ގުޅިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ 3 ދާއިރާގެ ތެރެއިން ދެ ދާއިރާގެ މަޖުލިސް މެންބަރުން އިދިކޮޅު ގުޅެވުނީއެވެ. ފުވައްމުލަކުގެ 3 ވަނަ ދާއިރާ ނިސްބަތް ވަނީ އިދިކޮޅު ރަނިން މޭޓް ފައިސަލް ނަސީމު ހިމެނޭ ދާއިރާ އަށެވެ. ވުމާއެކު މިފަހަރު ފުވައަމުލަކުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރު ހިންގާ ޕީޕީއެމާއި ދެކޮޅަށް ފެނިގެން ދާނެ ކަމަށް ފުވައްމުލަކުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް ޕީޕީއެމުން ބުނަމުންދަނީ ޕީޕީއެމް އަށް ކުރިން ލިބެމުން އައިމިންވަރަށް ވޯޓު މިފަހަރު ނުލިބުނު ކަމުގައި ވިޔަސް އަދިވެސް ފުވައްމުލަކުގެ މެޖޯރިޓީ ޕީޕީއެމަށް ލިބޭނެ ކަމަށެވެ.

މިކަލް ނޫހަށް މައުލުމާތު ލިބުނު ގޮތުގައި އަލިބެއާއި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މީގެ ކުރިން އެކަން އެންމެ ބޮޑަށް ތިލަވެގެން ދިޔައީ މެޑަމް ފާތިމަތު އިބުރާހިމް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޕީޕީއެމުން ކެމްޕޭނު ޖަލްސާއަކުންނެވެ.

އެޖަލްސާގައި އަލިބެ ވެސް ވާހަކަ ދެއްކެވިއެވެ. ނަމަވެސް އަލިބެގެ ވާހަކަ އެދުވަހު އަމާޒުވީ ފުވައްމުލަކަށް ކޮށްދޭން ޕީޕީއެމުން ވައުދުވި ކަންތައްތައް ނުވެ ރިޔާސީ ދައުރު ނިމެމުން ދާވާހަކައެވެ.

އަލިބެގެ އެވާހަކަތަކަށް އިދިކޮޅު ފަރާތްތަކުގެ ފުރިހަމަ ތާއިދެއް ލިބުނެވެ.

އަލިބެ އިދިކޮޅު ހަރަކާތްތަކާއި ގުޅުނު ނަމަވެސް އަލިބެ ސީދާ ގުޅުނީ ކޮން ސިޔާސީ ޕާޓީއެއް ނުވަތަ ކޮންފިކުރަކާ ކަން އަދި ސާފުވާގޮތެއް ނުވިއެވެ. މިއަދި އިދިކޮޅު ފަރާތްތަކުން ފުވައްމުލަކުގައި ބުނަމުން ދިޔައީ އަދިވެސް އިތުރު އެތައް މެންބަރުންނަކާއި ސަރުކާރުގެ އިސް ވަޒީފާތަކުގައި ތިބި އެތައް ބަޔަކު އިދިކޮޅު ސިޔާސީ ހަރަކާތްތަކާއި ގުޅޭނެކަމަށެވެ.

އިދިކޮޅު މަޖުލިސް މެންބަރުން ބުނަމުން އަންނަނީ މަޖުލިސް ހުޅުވޭއިރަށް އަނެއްކާވެސް މަޖުލީހުގެ މިހާރު ތިބި ސަރުކާރުގެ އެތައް މެންބަރުންނެއް އިދިކޮޅުގައި ތިބޭނެކަމަށެވެ. އަދި މަޖުލީހަށް އަނެއްކާވެސް ވަންނާނީ ފުރިހަމަ މެޖޯރިޓީއާއެކު ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !