A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ވަރަށް އަވަހަށް ދެވޭނެ

ފުވައްމުލަކު ނަރުދަމާ ސިސްޓަމްގެ 595 މަސައްކަތް ނިމިއްޖެ- ވަރަށް އަވަހަށް ހުޅުވާނެ. ފޮޓޯ:އަލީ ފަޒާދު

ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ޚިމުމަތް ވަރަށް އަވަހަށް ދެވިގެންދާނެ ކަމަށް ފެނަކައިގެ އޮފިޝަލަކު ހާމަކޮށްފައިއެވެ. ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަދާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެއެވެ. ރަސްމީކޮށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން އިފުތިތާޙު ކުރުމަށް ހަމަޖެހިފައި ވަނީ ރައީސް ޔާމީނު ފުވައްމުލަކށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށް ވެއެވެ.

މިކަލް ނޫހަށް މައުލޫތު ދެއްވި އޮފިޝަލް ހާމަކުރެއްވި ގޮތުގައި، ނަރުދަމާގެ އިންޖިނިއަރިން އާއި ސިވިލް މަސައްކަރުގެ %98 މިހާރު ވަނީ ނިމިފައެވެ. ގޭގެއާއި ހަމަޔަށް ވަނީ ވަނީ ޖަންކްޝަން ހޮޅީގެ ކޮޅު ގެންދެވިފައެވެ. ލަންކާގެ ސިއެރާ ކުްނފުނުން ކުރަމުން އަންނަ މިމަސައްކަތުގައި ހަމަޖެހިފައިވަނީ ކޮންމެ ގެއެއްގެ ވެސް ފާރުން އެތެރެއަށް ނަރުދަމާ ގެ ކޮޅު ވައްދައިދިނުން ކަމަށް ވެއެވެ. އެގޮތުން މިހާރު ވަނީ %95 ގޭގެ ފާރު ތެރެއަށް ނަރުދަމާގެ ޖަންކްޝަނެއް ލެވިފައިކަމަށް މައުލުމާތު ދެއްވިއެވެ.

ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމު ބިނާ ވެފަައި ވަނީ 3 ގޮތަކަށް ކަމަށް ވެއެވެ. އެއީ ގްރެވިޓީ ސިސްޓަމަކާއި، ވެކިއުމް ސިސްޓަމަކާއި ޕަމްޕް ސިސްޓްމެއްގެ މައްޗަށެވެ. ކޮންމެ 2-3 ބްލޮކްގެ ނަރުދަމާ ޖަންކްޝަންތައް ގުޅާލެވިފައި ވަނީ ގްރެވިޓީން ޚާއްސަ ބޮޑު ޖަންކްޝަނަކަށް ޖަމާވާގޮތަށެވެ. އަދި ބޮޑު ޖަންކްޝަންތައް މެއިން ޕަމްޕް ސްޓޭޝަނާއި ގުޅާ ލެވިފައިވަނީ ވެކިއުމް ސިސްޓަމަކުންނެވެ. އަދި ފާޚާނާ ސިސްޓަމުން ބޭރުވާ ބައިތައް ފޮނުވާލެވެނީ ރަށުގެ ދެ ހިސާބެއްގައި ބެހެއްޓިފައިވާ 2 ޕަމްޕް ސްޓޭޝަނުން އޮޓަމެޓިކުން ޕަމްޕް ކުރެވިގެން ކަމަށް ވެއެވެ. ދެ ޕަމްޕް ސްޓޭޝަނުގެ ތެރެއިން ވެސް މައިގަނޑު ޕަމްޕް ސްޓޭޝަނަކީ ފުނާޑުގައި ގާއިމުކޮށްފައިވާ ޕްމްޕް ސްޓޭޝަނެވެ.

މިޕްރޮޖެކްޓްގައި ގައިމުކުރެވޭ ޕަމްޕް ސްޓޭޝަނުން ނަޖިސް “ޓްރީޓް” ކުރުމަށްފަހު (ގެއްއްލުން ކުޑަ ވާގޮތަށް ބަދަލު ގެނައުމަށް ފަހު) ކަނޑަށް ދޫކޮށްލުމަށް 308 މީޓަރުގެ ހޮޅިލޭނެއް ވެސް އަޅާފައިވެއެވެ.

ފުނާޑު ސަރަހައްދާއި ދިގުވާނޑު(އެމްޖޭއެސް ކައިރި) ސަރަހައްދުގައި ގާއިމު ކުރެވިފައިވާ އެ ދެ ޕަމްޕް ސްޓޭޝަނުގެ މަސައްކަތްތައް ކޮންސަލްޓެންޓް ވެސް ބަލައި ނިމިފަިއވާކަމަށް ވެއެވެ.

މިޕްރޮޖެކްޓްގެ ބައެއްގެ ގޮތުން ސާފު ފެން އުފައްދައި ހޮޅިލޭނުން ގޭގެއަށް ފޯރުކޯސްދިނުން ވެސ ްހިމެނެއެވެ.

ކުވޭތު ފަންޑާއި ސަރުކާރުގެ ޕީއެސްއީޕީ ބަޖެޓުން ރަރަދު ކުރާ މިޕްރޮޖެކްޓްގެ އަގަކީ 279 މިލިޔަން ރުފިޔާއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !