19 ފެބުރުއަރީ 2019 ( އަންގާރަ )

banner

ބެއާ އަނބުރާ ރަށަށް އައުމުން ހޫނު މަރުހަބާއެއް

ބެއާ އަނބުރާ ރަށަށް އައުމުން ހޫނު މަރުހަބާއެއް

ހޯރަފުށީގައި ދެ ދުވަހު ވަޒީފާއަށް ނިކުތުމަށް ފަހު ބެއާ (އަސްލު ނަމެއް ނޫން) އަނބުރާ ފުވައްމުލަކަށް އައުމުން އެއާރޕޯރޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އެއަރޕޯޓުން ބެއާއަށް މަރުހަބާ ކިޔާފައިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކަކުންނެވެ.

ފުވައްމުލަކު ހުންނަ އެސްޓީއޯ 136 ނަމްބަރު ފިހާރައިގައި ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ‘ބެއާ’ ހއ. ހޯރަފުއްޓަށް ވަޒީފާ ބަދަލުކުރީ ކީއްވެގެން ކަމެއް ސާފެއްނުވެއެވެ. ނަމަވެސް ބެއާ ވަނީ ސިޔާސީ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. ސިޔާސީ ގޮތުން ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަތާ ހާމަކުރަމުން ގިނަ ދުވަސްތަކެއްވެއްޖެއެވެ.

ވަޒީފާ ބަދަލުކުރި ވަކި ސަބަބެއް ނޭގޭކަމަށް ބެއާ ބުންޏެވެ. ނަމަވެސް، މިދުވަސްވަރު ހިތުގެ ޑޮކްޓަރަކަށް ދައްކަން ޖެހޭތީ އިމަޖެންސީ ޗުއްޓީއަކަށް އެދިފައިވާ ކަމަށް ބެއާ ބުންޏެވެ. ނަމަވެސް ޗުއްޓީއާއި މެދު އަދި ވަކި ގޮތެއް އަންގާފައި ނުވާކަމަށް ވެއެވެ. ނަމަވެސް ބެއާ ވަނީ ޑޮކްޓަރުގެ ލިޔުމާއެކު ޗުއްޓީއަށް އެދިަފއި ކަމަށް މިކަލް ނޫހަށް ވަނީ އެނގިފައެވެ.

ސިޔާސި ގޮތުން ތާއިދުކުރާ ފަރާތް ފާޅުގައި ހާމަކުރުމުން ނޯޓިސް ލިބުނީ ވަޒީފާއަށް ހއ. ހޯރަފުއްޓަށް ނިކުތުމަށެވެ. އެއާއެކު ބެއާ އަށް ވަޒީފާގައި ދެމިހުރުމަށް ކުރެވެން އޮތް ހާވެސް ކަމަކީ ވަޒީފާ ދިން ފަރާތުން، އުސޫލާއި ޚިލާފަށް ނަމަވެސް، އެންގި ތަނަށް ވަޒީފާއަށް ދިއުން ކަމަށް ވާތީ އެތަނަށް ދިޔައީ ކަމަށް ބެއާ ބުނެއެވެ. އެގޮތުން ފުވައްމުލަކުން ފުރައިގެން މާލެ ދިއުމަށް ފަހު ހއ.ހަނިމާދޫއަށް ދަތުރު ކުރި އެވެ. އަދި އެއިގެ ފަހުން އެންމެ އުތުރުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ހޯރަފުއްޓަށް ބެއާ ދިޔައީ އޭނާއާއި މެދު އަމަލު ކުރެވުނު ގޮތް ގަބޫލުކުރާތީ އެއް ނޫނެވެ. އަދި އެކަމަށް ރުހިގެނެއް ވެސް ނޫނެވެ. ޙާލަތު ހުރިގޮތުން ދިޔާއީ ކަމަށް ވެއެވެ.

ބެއާގެ އިތުރުން ވެސް ފުވައްމްލަކުގައި ވަޒީފާ އަދާ ކުރާ ސަަަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ރަށުން ބޭރު އެކިތަންތަނަށް ބަދަލުކުރަމުން އަންނަކަން ފާހަގަ ވެއެވެ. އެގޮތުން ފުވައްމުލަކު ސަރުކާރުގެ އިދާރާއެއްގެ އިސްމަގާމުގައި ހިމެނޭ ދަޑިމަގު ނާސިހު ވަނީ ޖަލުގައި ވަޒީފާ އަދާކުރުމަށް ބަދަލުކޮށްފައެވެ. އަދި މިނޫން ވެސް ބައެއް މީހުންގެ ވަޒީފާ ދުރު ތަންތަނަށް ބަދަލު ކޮށްފައި ވާކަމުގެ މައުލުމާތު ލިބިފައި ވެއެވެ.  

އިދިކޮޅު ސިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރުމަކީ އެމީހާގެ ވަޒީފާގެ އުސޫލުތަކާއި ޚިލާފުވުން ކަމުގައި ބެލޭނެ އެެއްވެސް ހަމައެއް އުސޫލެއް ރާއްޖެއަކު ނޯވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު