22 ސެޕްޓެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލައް-މާލެ ދަތުރު ކުރާ ބޯޓު ހަރަކާތް

މާލެއާއި ފުވައްމުލަކާއި ދެމެދު ކަނޑުމަގުން ދަތުރުކުރާ 5 ބޯޓެއް ފުވައްމުލަކުގައި މިހާރު ބޭނުން ކުރަމުން ދެއެވެ. އެއީ ހާވާސް ބޯޓާއި ރަވާނާ ބޯޓް، ނިރުވަނާ ބޯޓާއި އުޖާލާ ބޯޓު، އަދި މީގެ އިތުރުން ނާރެސް ބޯޓެވެ. 

މިބޯޓުތައް މިހާރު ބޭނުން ކުރަނީ ކާގޯ ނުވަތަ މުދާ އުފުލުމަށެވެ. މީގެ ތެރެއިން ގިނަ ބޯޓުތައް ހުވަދު އަތޮޅުގެ އެކި ރަށްރަށަށް ވެސް ޖައްސައެވެ. އެއިގެތެރެއިން ގައްދޫ އާއި ވިލިނގިލި ވެސް ހިމެނެއެވެ. މީގެ ތެރެއިން 3 ބޯޓެއް މިހާރު އޮތީ މާލޭ އުތުރު ބަނދަރު ގައެވެ. 

ކުރިން މިއީ ފެސެންޖަރުން ނާއި މުދާ އުފުލުމަށް ބޭނުންކުރި ބޯޓުތަކެކެވެ. މިހާރުވެސް މަދުމަދުން ފެސެން ޖަރުން މިބޯޓުތަކުން ފުވައްމުލަކާއި ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރެއެވެ.

މިހާރު ފުވައްމުލަކަށް ފެސެންޖަރުން ދަތުރުކުރަނީ މުޅިންހެން ވެސް ވައިގެމަގުން (އެއާރޕޯރޓުން) 

ބޯޓު ދަތުރު ތައް:

ހަވާސް ބޯޓު: މިހާރު މާލޭ އުތުރު ފަރާތު ފަޅުގައި  – މާލެ އިން ފުރުމަށް މުދާ ބަރުކުރަނީ – ފުރާނީ މާދަމާ ރޭ (12 ސެޕްޓެމްބަރު ބުދަ ދުވަހުގެ ރޭގަޑު)

އުޖާލާ ބޯޓު: މިހާރު މާލޭ އުތުރުފަރާތު ބަނދަރުގައި – މާލެއިން ފުރުމަށް މުދާ ބަރުކުރަނީ – ފުރުމަށް ލަފާކުރެވެެނީ އަންނަ ހުކުރު ދުވަހުގެ މެދުރު ފަހު (14 ސެޕްޓެ)

ނާރެސް ބޯޓު: މިހާރު މާލޭ އުތުރުފަރާތު ބަނދަރުގައި – ރޭ މާލެ ވަނީ މުދާ ހުސްކުރަނީ – މާލެއިން ފުރާނެ ދުވަހެއް އަދި ކަނޑަނާޅާ.

ރަވާނާ ބޯޓު: ފުވައްމުލަކުގައި

ނިރުވާނާ:

ފުވައްމުލަކުން އާއްމުކޮށް މިހާރު މާލެ ގެންނަ ބާވަތްތަކުގެ ތެރޭގައި ކުރުބާ، ދޮންކެޔޮ، އަލަ، މޭވާގެ ބާވަތްތައް ހިމެނެއެވެ. އެގޮތުން އަނބު ފާހަގަކޮށްލެވެއެވެ. މީހެ އިތުރުން ތައްޔާރީ ކާނާގެ ގޮތުގައި ހިމެނޭ ތެލުލި އަލައާއި ތެލުލި ބަނބުކެޔޮ، ކުޅި ފޮޅި، ކުޅި ކާޖާ ހިމެނެއެވެ.  


ކިޔުންތެރިންގެ ޚިޔާލު