A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ދެކުނު ފަރާތުން ފަޅުތެރޭގައި ކުދި މަސްތަކެއް

ފުވައްމުލަކު ދެކުނު ފަރާތު ގޮނުދޮށުން މިދުވަސްވަރު ހިފަމުންދާ ކުދި މަސްތައް

މި ދުވަސްވަރު ފުވައްމުލަކުގެ ދެކުނު ފަރާތުން ފަޅުތެރެއިން ކުދި މަސްތަކެއް ހިފަމުން އާދެއެވެ. ކުދި (އެން މަސް) ސައިޒުގެ މި މަސްތަކަކީ ކުރިން ފުވައްމުލަކުން ފެނިފައިވާ ވައްތަރުގެ މަސްތަކެއް ނޫން ކަމަށް މަސްވެރިން ބުނެއެވެ. ރާއްޖޭގައި އާއްމުކޮށް އެމަށް ބޭނުންކޮށް އުޅޭ ބޯދި، ބުރެކި، މުގުރާމުގެ ބާވަތުގެ މަހެއްވެސް ނޫން ކަމަށް މަސްވެރިން ބުނެއެވެ.

އާއްމުކޮށް މަސް ހިފަން ގޮސް އުޅޭ އަލީ ކިޔާ މީހަކު މައުލޫމާތު ދިން ގޮތުގައި މިމަހުގެ ސައިޒު އުޅެނީ 2 އިންޗި (5 ސެންޓިމީޓަރ) ވަރެވެ. ކުޑަކޮށް ފަތާ ސިފައަކަށް ހުންނަ މިމަހުގެ ތަފާތު ވައްތަރުތައް ރަށުގެ ދެކުނު ފަރާތުގެ އެކި ހިސާބުތަކުން ހިފާ ކަމަށް ދަޑިމަގު ފަންނުން ހިފާފައި ހުރި މަސްތަކާއި ދިގުވާނޑު ދޮން-މުހަމްނަދު ކަލޭގެ ފަންނުން ހިފާފައި ހުރި މަސްތައް ބެލި ފުވައްމުލަކުގެ ދުވަސްވީ މަސްވެރިއަކާއި ހަވާލާ ދީ އަލީ ބުންޏެވެ. 

ފުވައްމުލަކުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މިއީ އެމީހުންގެ ހަޔާތުގައި ދުވަހަކު ވެސް ފުވައްމުލަކު ގޮނުދޮށުން ފެނިވައިވާ ވައްތަރުގެ މަހެއް ނޫންނެވެ. ނަމަވެސް އިރުވައި މޫސުމުގައި ފުވައްމުލަކު ފަޅުތެރެއިން ގޮނުދޮށާއި ވީކޮޅުން “ލޯދިލި” (ކުޑަ އެން މަސް ވަރުގެ މަހެއް) ހިފާއުޅޭއެވެ.

މިހާރު ހިފާ މަސް ކައިރިން ބަލާލުމުން ކުދި މުށިމަހާއި ވައްތަރު ގޮތެއް ހުރެއެވެ.

ކުރިން ވާހަކަ ދެއްކި އަލީ ވެސް ބުނި ގޮތުގައި މިއީ ލޯދިލި އެއް ނޫނެވެ. އެއަށްވުރެ ސައިޒުން ކުޑަ ފަތާ މަހެކެވެ.  

މި މަސްތައް ހުންނަނީ ފަޅުގެ ގޮނުދޮށާއި ވީ ކޮޅުން ވާފަތްގަނޑު (ސީވީޑްސް) ތެރޭގައި ކަމަށް ވެއެވެ. މި މަސް ހިފަނީ އެންދަމާ ދާ ޖަހައިގެން ނެވެ. ދަޑިމަގު ފަންނުން ފެށިގެން ކަންދުއަލި ފަންނާއި ހިސާބުން ވެސް މިދުވަސްކޮޅު މި މަސް ހިފަމުން އާދެއެވެ.

މީގެ ދެ ދުވަހެއް ކުރިން މާނޭރު ނެރު ތެރެއިން އެންދަމާ ދާ ޖަހައިގެން ވެސް ބަޔަކު ގިނަ އަދަދަކަށް މި މަސްތައް ހިފިއެވެ. އެމީހުން މަސް ބަހާލުމުން މީހަކަށް ބޮޑު ބަސްތާއެއް ހާ ވަރަށް ލިބުނު ކަމަށް މައުލޫމާތު ލިބެއެވެ.

މިދުވަސްވަރު ފުވައްމުލަކުގެ އާއިލާތައް ރަށުގެ ހުޅަނގު ދެކުނާއި ދެކުނުން އަތިރިމައްޗަށް ގޮސް ފޯރި ނަގައި މި މަސް ހިފުމުގައި މަޖާ ކުރަމުން އާދެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !