19 ފެބުރުއަރީ 2019 ( އަންގާރަ )

banner

ޕީޕީއެމް ނާއިބުރައީސް މޫސާ ޒަމީރު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވަނީ

ޕީޕީއެމްގެ ޚާއްސަ ޖަލްސާއަށް، އެޑްވާންސް ޓީމުތައް ފުވައްމުލަކަށް ޖަމާވަނީ

ސަރުކާރުގައި އޮތް ޕާޓީ، ޕީޕީއެމްގެ އެޑްވާންސް ޓީމުތައް ފުވައްމުލަކަށް ޖަމާވާން ފަށައިފިއެވެ. ރިޔާސީ އިންތިޚާބާއި ދިމާކޮށް މި ޓީމުތައް ފުވައްމުތައް ފުވައްމުލަކަށް އަންނަމުން ދަނީ އަން ހުުކުރު ދުވަހުގެ ރޭ ބާއްވާ ރައީސް ޔާމީނު ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލަކަށް ނިސްބަތް ވާ ޕީޕީއެމްގެ އިސް މެންބަރުންތަކެއް ވަނީ ރަށަށް އައިސް ކެމްޕޭނު ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އެމީން ވަނީ ދެ ޖަލްސާއެއް ބައްވާފައެވެ. އެއްޖަލްސާ ބޭއްވީ މިސްކިތްމަގު އަވަށުގައެވެ. އަނެއް ޖަލްސާ ބާއްވާފައި ވަނީ ހޯދަޑު މަތިމަގު ޖަގަހައިގައެވެ. މި ޖަލްސާތައް ބޭއްވުމަށް ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖުލީހުގެ މެންބަރު ވަޖީހު އާއި ރައްޔިތުންގެ މަޖުލީހުގެ ކުރީގެ މެންބަރު ރަފީގުއާއި މެލޭޝިއާ އެމްބަސީގައި ތިއްބަވާ އެމްބެސެޑަރު ފަހުމީއާއި ހަސަން ޚާލިދު އަދި އަބްދުﷲ އިބުރާހިމް ވަނީ ރަށުގައި ހަރަކާތްތެރިވެފައެވެ.

ރައީސް ބައިވެރިވާ ޚާއްސަ ޖަލްސާއަށް ތައްޔާރު ވުމަށް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެންބަރު އަބްބްދުއްރަހީމާއި ޓްވަރިޒަމް މިނިސްޓަރަު އަދި ގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ރާއިރާގެ މެންބަރު މަސީހު ވެސް ވަނީ ރަށަށް ވަޑައިގެންފައެވެ.   

އެގޮތުން ރައީސް ގެ މިދަތުރު ފުޅުގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ހުޅުވުމުގެ ރަސްމީ އިޙުތިފާލުތައް އޮންނާނެ ކަމަށް ޕީޕީއެމްގެ ފުވައްމުލަކުން ހާމަކުރިއެވެ.

ކުރީގެ ރިޔާސީ އިންތިޚާބުތަކުގައި ކުރީގެ ޑިއާރުޕީއަށާއި ފަހުން ޕީޕީއެމަށް ފުވައްމުލަކުގެ މެޖޯރިޓީ ލިބިފައި ވެއެވެ. އެގޮތުން އެންމެ ފަހުން 2013ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ގުޅިފައިވާ ކޯލިޝަނަށް %51 ލިބުނު އިރު އެމްޑީޕީން އެކަނި ވާދަކޮށްގެން ލިބިފައިވަނީ %49 އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބާިއ ހަމަޔަށް އައިރު ޕީޕީއެމް މިވަނީ އެކަނިވެފައެވެ. އެޕާޓީއާއި އެކު ކޯލިޝަންގައި ބައިވެރިވި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވަނީ އިދިކޮޅު އެމްޑީޕީއާއި ގުޅި އިދިކޮޅުން ބޮޑު ކޯލިޝަނެއް ހަދާފައެވެ. ޕީޕީއެމްއާއެކު އެންމެ ފަހު ވަގުތާއި ޖެހެންދެން އޮތް ސަން ޝިޔާމުގެ އެމްޑީއޭ އިން އިއްޔެ ވަނީ މި އިންތިޚާބުގައި ވަކި ޕާޓީއަކަށް ތާއިދު ނުކުރުމަށް ނިންމާފައެވެ.

ޕީޕިއެމްގެ ކެމްޕެއިްނ ކޯލީޑަރު ކޭ-ހަސަނު ހާމަކުރެއްވި ގޮތުގައި މިފަހަރު ފުވައްމުލަކުން %60-65 އާއި ދެމެދުގެ އަދދެއް ޕީޕީއެމުން ކާމިޔާބު ކުރާނެއެވެ. ނަމަވެސް އިދިކޮޅު އިއްތިހާދުން ހާމަކުރާ ގޮތުގައި މިފަހަރު ފުވައްމުލަކުގެ ނަތީޖާ އިއްތިހާދާއި އެއްކޮޅަށް ބޮޑުތަނުން ލިބިގެންދާނެއެވެ.   

banner

ކިޔުންތެރިންގެ ޚިޔާލު