A wide advertisement which will be shown on all devices. (700 x 100)

މިވެރިކަން ބަދަލުކުމަކީ ގައުމުދެކެ ލޯބިވާ ކޮންމެ މީހެއްގެ ކަމެއް – ދޮންބެ

ދިގުވާނޑު ޖަގަހައިގައި މުހައްމަދު ރަޝީދު (ދޮންބެ) ވާހަކަ ދައްކަނީ

މިއަދު މިއޮތް ވެރިކަން ބަދަލުކުރަން މަސައްކަތް ކުރުމަކީ ގައުމީ ކަމެއް ކަމަށް، ރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ޖަލްސާގައި މުހައްމަދު ރަޝީދު (ދޮންބެ) ހާމަކޮށްފިއެވެ. ދޮންބެ މިހެން ހާމަކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް ދިގުވާޑު އަވަށުގެ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އުތުރު ދާއިރާގެ އިދިކޮޅު ކޯލިޝަންގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ދޮންބެ ގެ ވާހަކާގައި ސަރުކާރުން ތަރައްގީ އޭ ކިޔާފައި މުޅިންވެސް ހިންގަނީ ކޮރަޕްޝަންގެ އަމަލުކަމަށް ތުހުމަތު ކުރެއްވިއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕްރޮޖެކްޓުގެ މިސާލު ނަންގަވައި ހާމަކުރެއްވީ އެ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ އަގަށް މާކެޓް ރޭޓުން، ތަނުގެ ފްލޯގެ އަކަފޫޓަކަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ގެ މަގުން ބެލީމާ ޖެހެނީ 42.5 މިލިއަން ޑޮލަރު ކަމަށެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ގިިނަ ދުވަސްވީ އަމިއްލަ ކުންފުންޏެ ހިންގަވަމުން އަންނަ ދޮންބެ ތުހުމަތު ކުރެއްވީ މިޕްރޮޖެކްޓްގެ އަގުކަމަށް ސަރުކާރުން ކިޔާ 140 މިލިޔަން ޑިލަރަކީ މާބޮޑު އަގެއްކަމަށާއި، އެއިގެ މާނައަކީ އަމިއްލަ ޖީބަށް 100 މިލިޔަނެއްހާ ޑޮލަރު އެޕްރޮޖެކްޓުގެ ތެރެއިން ވެސް ލުން ކަމަށެވެ. މިއީ ހަތްތާ ވެސް ރައްޔިތުންގެ ފައިސާ ކަމަށް ދޮންބެ ޖޯޝާއެކު ބުނަމުން ދިޔައެވެ.

މާލެ-ހުޅުލެ ބުރިޖުގެ މިސާލު ނަންގަވަމުން ދޮންބެ ތުހުމަތު ކުރެއްވީ އެޕްރޮޖެކްޓުގެ މަސައްކަތް ވެސް ކުރެވިފައި ވަނީ ނުއަގުގައި ދަރަނިވެރިވެގެން ކަމަށެވެ. އެއީ 1.3 ކިލޯމީޓަރުގެ ހުޅުލެ-މާލެ ބްރިޖުގެ އަގުކަމަށް ހާމަކުރެވިފައި ވަނީ 310 މިލިޔަން ޑޮލަރުކަމަށެވެ.

ބްރިޖް އެޅުމާއި ގުޅޭ ގޮތުން ތަފުސީލު ހާމަކުރައްވަމުން، ދުބާއީގައި އަޅާ 13 ކިލޯމީޓަރު ބްރިޖުގެ އަގަކީ 107 މިލިޔަން ޑޮލަރަށް ކަމަށެވެ. އެބްރިޖުގެ ދަށުން ބޮޑެތި އާގުބޯޓު ފަހަރަށް ދަތުރު ކުރެވޭ އިރު މާލެ-ހުޅުލެ ބްރިޖުގެ ދަށުން ދެވެނީ ކުޑަ ޑިންގީއަށް ކަމަށެވެ.

އަދި ދުބާއީގެ ބްރިޖުގައި ކޮންމެ ކޮޅަކަށް 6 ލޭން ނުން ދަތުރު ކުރެވޭއިރު މާލެ-ހުޅުލެ ބްރިޖުން ކޮޅަކަށް މިދެވެނީ 2 ލޭނުގައެވެ. މި ހިސާބުތަކަށް ބަލާއިރު މި ޕްރޮޖެކްޓުން ވެސް 200 މިލިޔަން ޑޮލަރު ގެއްލޭ ކަމަށެވެ. މިއީ ދިވެހި ރައްޔިތުން ދަރުވާލުން ކަމަށް ދޮންބެ ސިފަކުރިއެވެ.

ވީމާ މިފަދަ ބޮޑެތި ގެެއްލުންތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށާއި މީއީ ވަކި ބައެއްގެ މަސައްކަތެއް ނޫންކަމަށާއި މިއީ މިގައުމު ދެކެ ލޯބިވާ އެންމެންގެ މަސައްކަތެއް ކަމަށެވެ. މިއީ ހަމައެކަނި ރިޔާސި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙާއި ރަނިންމޭޓް ފައިސަލް ނަސީމުގެ އެކަނި މަސައްކަތެއް ވެސް ނޫންކަމަށެވެ. އޭނާ ވެސް މިކަމަށް ނިކުތީ އެގޮތުން ކަމަށެވެ.

މިކަން ހާސިލު ކުރުމަށްޓަކައި 23 ސެޕްޓެމްބަރު ގައި ވީހާވެސް ހެނދުނަކާ ނިކުމެ ވޯޓު ލުމަށް ދޮންބެ ގޮވާލިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !