A wide advertisement which will be shown on all devices. (700 x 100)

ޑްރަގް މައްސަލަ ‘ކޮންޓީ’ ގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މާލޭ ހުޅަނގު ދެކުނު ބަނދަރު ޓީ ޖެޓީ ސަރަޙައްދު

މީގެ އަށް އަހަރު ކުރިން، (2010 ޑިސެމްބަރުގައި) ރާއްޖެއަށް 1 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލާގައި އުމަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ފުވައްމުލަކު، ޑެއިލީ ބުލޫ އަބްދުއް ލަތީފު މުޙައްމަދު (ކޮންޓީ) ބަށިމާގެ އާއި އޭނާއާއެކު މޭވާ ފޮށިގަނޑު ބަލާ ދިޔަ މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމައި އިއްޔެ ސުޕްރީމްކޯޓުން ހުކުމްކޮށް އެދެމީހުން މިނިވަން ކުރި އިއްޔެއެވެ.  

އެ މައްސަލާގައި ކޮންޓީއާއެކު ޓީޖެޓީއަށް މޭވާ ފޮށިގަނޑު ބަލާ ދިޔައީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ހަސަން އަލީ ކިޔާ މީހެކެވެ. 

އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި (2011ގައި) މައްސަލަ ސާބިތު ނުވުމުން ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމުން 2014ގައި ހައިކޯޓުން ވަނީ ދަށު ކޮޓުގެ ހުކުމް ބާތިލްކޮށް އެ ދެ މީހުން ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ހުކުމް ކޮށްފައެވެ. ނަމަވެސް އެދެމީހުންގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ސުޕްރީމްކޯޓުން ހައިކޯޓުގެ ހުކުމް ބާތިލު ކުރުމުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ. 

“ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފޮށިގަނޑުތަކާ ހަވާލުވުމަށް ލަތީފާއި ހަސަން ޓީ ޖެޓީ ސަރަހައްދަށް ގޮސް ތިބުމަކީ އޭގައި މަސްތުވާތަކެތި ހުރިކަން އެ މީހުންނަށް ކުރިން އެނގޭ ކަމެއް ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން އެ ދެ މީހުންނަށް އެނގޭ ނަމަ، އަމިއްލަ ނަފްސު ނުރައްކަލެއްގެ ތެރެއަށް ހުށަހަޅައިގެން އެ ތަކެއްޗާ އަމިއްލަ އަށް ހަވާލުވާން ހިނގައިދާނެ ކަމަށް ބުއްދީގެ ހަމަތަކުން ބަލާއިިރު ވެސް ގަބޫލު ނުކުރެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.” މިހާރު ނޫސް

ޑްރަގް އެތެރެކުރުމުގެ ކުށުގެ އެމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ މެދު އުފެދިފައިވާ ޝައްކުތަކާ ދޭތެރޭ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ފުރިހަމަ އަށް ރިއާޔަތް ކުރެވިފައި ނުވާކަމަށް ސްޕްރީމްކޯޓުގެ ހުކުމުގައި ވެއެވެ.

މިމައްސަލަ ބެއްލެވީ ސުޕްރީމްކޯޓުގެ 3 ފަނޑިޔާރުްނެގ ބެންޗަކުންނެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !