24 މާރިޗު 2019 ( އާދީއްތަ )

banner

މި ސެޕްޓެމްބަރު މަހު 5 ގައި ބޭއްވުނު ޕީޕީއެމްގެ ބައްދަލުވުމެއްގެ ތެރެއިން ފޮޓޯ: އަސްލަމު

ރައީސް ޔާމީނު މިއަދު ފުވައްމުލަކަށް ވަޑައިގަންނަ ވަނީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެފައި ވަނީކޮށް މިއަދު ރައީސް ޔާމީނު ފުވައްމުލަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ރަސްމީކޮށް ހުޅުވާދެއްވާނެއެވެ.

މިއަދު ހަވީރު ރައީސް ޔާމިނު ފުވައްމުލަކަށް ވަޑައިގަންނަވާނީ އައްޑޫއިން ކަމަށް ވެއެވެ. އަދިމިރަސްމިއްޔާތުގެ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ހާފިޒް އަހުމަދު ސްކޫލުގައި ކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ އިސް ކެމްޕޭނަރަކު ހާމަކުރެއްވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިރޭގެ ޖަލްސާގައި ރައީސް ޔާމީނު އައިޕެޑުން ބަޓަނަކަށް ފިއްތަވާލައވައިގެން ކަމަށް ވެއެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ އަމަލި މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި ރައީސް ޔާމީނު ރަށްރަށަށް ވަޑައިގެން ނުނިމޭ މަސައްކަތައް، އިންތިޚާބުގެ ކުރިން ހުޅުވާދެއްވިޔަސް އެކަމަކުން ރައްޔިތުންނަށް ފަސޭހައެއް ނުލިބޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއެވެ.

ފެނާއި ނަރުދަމާ ހުޅުވާދެއްވިޔަސް ފުވައްމުލަކުގެ އެއްވެސް ގެއަކަށް އެ ޚިދުމަތް މާދަމާ ވެސް ބޭނުން ކުރެވޭ ގޮތަކަށް ކަންކަން ހަމަޖެހިފައި ނުވާ ކަމަށް އެމްޑީޕީ ކެމްޕޭނަރަކު ހާމަކުރިއެވެ.

މި ރޭގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލަކަށް ނިސްބަތްވާ ޕީޕީއެމްގެ ހުރިހާ އިސްފަރާތްތަކެއް ހެން ވަނީ މާ ކުރީއްސުރެ ރަށަށް އައިސް ތައްޔާރީތައް ވާން ވަނީ ފަށާފައެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ފުވައްމުލަކު އެއަރޕޯރޓަށް ހާޒިރުވާނެކަމަށް ޕީޕީއެމްގެ ކެމްޕެއަިން ކޯލީޑަރު ހަސަން އަބްދުﷲ (ކޭ ހަސަން) ހާމަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ފުވައްމުލަކަށް އައު ކަންތައްތަކެއް ކޮށްދެއްވަން ވައުދުވެ ވަގޑަިގަންނަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކުރީ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވެި ވައުދުތަކުގެ ބަޔަކުން ބަޔެެއް ެވސް ފުވައް މަކަށް ފުއްދަވާދެއްވާފައި ނުވާކަމަށް ގޮވައި، އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ.

ރައީސް ޔާމީނުގެ މިދަތުރުފުޅު ނިންމަވާލައްވައި ފުވައްމުލަކު ފުރާ ވަޑައިގަންނަވާނީ މާދަމާ، ހޮނިހިރު ދުވަހުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު