24 އޭޕްރީލް 2019 ( ބުދަ )

banner

ޕީޕީއެމް ކެމްޕޭނަށް ހާފިޒު އަޙުމަދު ސްކޫލް ތައްޔާރު ކޮށްފި. އިދިކޮޅު ފަރާތްތކަށް މަނާ.

ހާފިޒު އަޙުމަދު ސްކޫލް ޕީޕީއެމް ކޭމްޕޭނަށް ތައްޔާރުކޮށްފި

ފުވައްމުލަކު ހާފިޒު އަޙުމަދު ސްކޫލް(ހޭޒް) ޕީޕީއެމް ކެމްޕޭނަށް ތައްޔާރުކޮށްފިއެވެ. ރާއްޖެގެ ސްކޫލްތަގައި ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތައް ހިންގުމަށް ހުއްދަ ނުދޭނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރީއްސުރެ ބުންމުން އަންނަ ވާހަކައަށް އިދިކޮޅު ފާރާތްކުން ރައްދު ދެނީ އެއީ ޕީޕީއެމް ނޫން އެހެން ޕާޓިއަކަށް ބޭނުން ނުކުރެވޭނެ ވާހަކަ ކަމަށްވެ. މިއަދު ފެނިގެން އިދިކޮޅު ފަރާތްތަކުން އެބުނާ ވާހަކަ ތަކުގެ ހަގީގީ މަންޒަރެވެ.

ފުވައްމުލަކުގެ އެއްވެސް ސްކޫލެއް އިދިކޮޅު ޕާޓީއެއްގެ ހަރަކާތަކަށް ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި އާއްމު ހުސް ބިމެއްގައި ވެސް އިދިކޮޅު ފަރާތްތަކުން އެއްވުމެއް ނޫނީ ޖަލްސާއެއް ބޭއްވިޔަ ނުދޭން ވަރަށް މަސައްކަތް ކުރަމުން ދާކަމަށް އެކަންން އނގޭ މީހަކު މިކަލް ނޫހަށް  ކުރިން ކިޔައިދީފައި ވެއެވެ. 

ޕީޕީއެމްގެ ވެރިކަމުގައި އެޕާޓީ ނޫން ބަޔަކު ސިޔާސީ ހަރަކާތް ހިންގުނަ ނުދޭން ފާޅުގައި މަސައްކަތް ކުރާކަމީ މުޅި ރާއްޖެއިން ވެސް ފާޅުކަން ބޮޑު ކަމެކެވެ. 

ނަމަވެސް އެއީ މިގައުމަށް ސިޔާސީ ޕާޓީތައް ތަޢާރަފު ކުރުމުގެ ބޭނުމެއް ނޫން ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ބުނެއެވެ. އިދިކޮޅު ޕާޓީތަކަށް ފުރުސަތު ނުދެވޭނަމަ ވެރިކަން ކުރާ ޕާޓީއެއް ހަމަ މަގު ގެއްލި، އަމިއްލަ ފައިދާ އަށް ކަންތައް ކުރުމުގެ ފުރުސަތު ހުޅުވި އެކަމުގެ ހުރިހާ ގެއްލުމެއް އާއްމު ފަރުދންނާއި ކުރިމަތިވެއެވެ. އާއްމު ރައްޔިތުންނާއި ހަމަޔަށް ސަރުކާރުން ކުރާ ގޯސް ކަންތައްތައް ތިލައެއް ނުވާނެއެވެ.

މިރޭ ޕީޕީއެމުން ހާފިޒު އަޙުމަދު ސްކޫލުގައި ބާއްވާ ޖަލްސާއަކީ ސީޔާސީ ޕާޓީއެއްގެ ކެމްޕޭން ޖަލްސާއެއްކަން ހާމަވަނީ ޖަލްސާގެ ތައްޔާރީތަކުންނާއި ވަގުތާއި ޙާލަތުގެ ގޮތުންނެވެ.

މިއަދުގެ ޖަލްސާއަށް ތަން ޒީނަތްތެރި ކުރެވިފައި ވަނީ ޕީޕިއެމްގެ ކުލައާއި ލޯގޯ ތަކުންނެވެ. އަދި މިއާީ ރިޔާސި އިންތިާޚބުގެ ކެމްޕޭނުގެ އެންމެ ފަހު ހަފުތާ ފެށޭ ހިސާބެވެ. ތަނުގައި ބޭނުން ކުރެވިފައި ވަނީ ރިޔާސި ކެމްޕޭނަށް އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފައިވާ ޕީޕީއެމްގެ ކެމްޕޭން ލޯގޯއެވެ. ތަނުްގައި މަސއްކަތް ކުރަނީ ޕާޓީގެ ކެމްޕޭން އެކްޓިވިސްޓުންނެވެ.

ދެން އޮތީ މިރޭގެ ޖަލްސާގައި ދައްކާނެ ވާހަކަތަކެވެ. ވާހަކަތަަކަށް ބަލާއިރު ބެލެވެނީ މުޅިންހެން ވެސް އިވޭނީ ކެންޑިޑޭޓް ނަމްބަރު 1 އަށް ވޯޓުލާން ގޮވާލާ އަޑެއްވެ. މިއީ ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވެސް ވާހަކަތައް ހުރިގޮތެވެ. 

ފުވައްމުލަކު ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރި ކުރުމަށް ސްކޫލްތައް މެދުވެރިކޮށް މަސައްކަތް ކުރާ ކަމުގައި އަޑުތައް ސޯޝަލް މީޑިއާގައި ވަނީ އާއްމު ވެފައެވެ. އިދިކޮޅު ކޯލިޝަނުން ބުނަނީ ޕީޕީއެމް ޖަލްސާތަކުގައި މީހުން ގިނަކުރަނީ މިގޮތަށް، އޮޅުވާލައިގެން ނޫނީ މަޖުބޫރުކޮށްގެން ކަމަށެވެ. ޕީޕީއެމް ޖަލްސާތަކުގައި މީހުން ގިނަކުރަނީ އެކިގޮތްގޮތުން ވަޒީފާގެ ބިރުދައްކައިގެން ކަމާއި ބޯތައް ގިނަވިޔަސް އިންތިޚާބުގައި އެމީހުންގެ ވޯޓު ޕީޕީއެމަށް ނުލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ރައީސް ޔާމީނު ކެމްޕޭނުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޅުގައި ބުނަމުންނެވެ. ރައްޔިތުންގެ ފައިސާއާއި މުދަލުން ނާޖާއިޒު ފައިދާތައް ނަގާ ފަރާތްތަކާއި މެދު އިދިކޮޅު ކޯލިޝަނގެ ވެރިކަމެއްގައި އިންސާފު ގާއިމު ކުރެވޭނެ ކަމަށް ބުނެއެވެ. އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން މައިގަނޑު އެއް ޝިއާރަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ވައުދެވެ.

banner

ކިޔުންތެރިންގެ ޚިޔާލު