A wide advertisement which will be shown on all devices. (700 x 100)

މިއަދު އެއަރޕޯރޓް ގޭޓުން ވަދެވެނީ ސެކިއުރިޓީ ގޭޓުން

މިއަދު ފުވައްމުލަކު އެއަރޕޯރޓު ބޭރު ގޭޓު ކައިރީ ބެހެއްޓިފައިވާ މެޓަލް ޑިޓެކްޝަން ގޭޓް. ފޮޓޯ- ލިޔާއު

ރައީސް ޔާމީނު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވާ ތީ އެއަރޕޯރޓަށް ވަންނަ ގޭޓު ކައިރީ ސެކިއުރިޓީ ގޭޓެއް ބަހައްޓައި މީހުން ޗެކު ކުރަން ފަށައިފިއެވެ. މީގެ ކުރިން ސެކިއުރިޓީ ޗެކިން ހަދަނީ އެއަރޕޯރޓު ޑިޕާރޗަރ ޓާރމިނަލަށް ވަންނަ މީހުން އެކަންޏެވެ. މިއަދު އެއަރޕޯރޓަށް ވަންނަ ކޮންމެ މީހަކު ވެސް ޗެކު ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އެއަރޕޯރޓުގެ ތާރީޚުގައި ވެސް މިގޮތަށް އެއަރޕޯރޓު ބޭރު ގޭޓު ކައިރިން މީހުން ޗެކު ކުރަން ފެށި ފުރަތަމަ ފަހަރެވެ.

މިއަދު ކުއްލިގޮތަކަށް ސެކިއުރިޓީ ވަރުގަދަ ކުރީ މިރޭ ބާއްވާ ޕީޕީއެމްގެ ކެމްޕޭން ޖަލްސާއަށް ރައީސް ޔާމީނު ފުވައްމުލަކަށް ވަޑައިގަންނަވާތީ ކަމަށް މައުލޫމާތު ލިބެއެވެ. 

ރައީސް ޔާމިނުގެ މިފަދަ އަމަލުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ބުނަނީ ރައީސް ޔާމީނަކީ ރައްޔިތުންނާއި ގާތް ބޭފުޅެއް ނުން ކަމަށެވެ.

މިއަދު ފުވައްމުލަކު އެއަރޕޯރޓަށް ފުރަން ދާ މިހުނާއި އެމީހުން ފުރުވަން ދާ އާއިލާގެ ގިނަބަޔަކަށް މިކަމުގެ ސަބަބުން އުނގަދޫވެ ޝަކުވާ ކުރަމުން ދެއެވެ. އަދި މިޝަކުވާގެ ޕޯސްޓްތައް ސޯޝަލް މީޑީއާގައިވެސް ވަނީ ހިއްސާކޮށްފައެވެ.

ރަައީސް ޔާމީނު ރަށްރަށަ ރައްޔިތުންނާއި ބައްދަލަށް ވަޑައިގަންވާ އިރު ފުލް ހަތިޔާރާއެކު ސިފައިން ވެސް އެރަށަކަށް އަރައެވެ. މިއީ ރާއްޖޭގެ ކުރީގެ ރައީސުން ސަލާމަތީ ކަންތައްތަައް ގެންގުޅުއްވި މިންގަޑަށް ބަލާއިރު މާ މަދީ ދަރަޖައެއްގެ ސސެކިއުރިޓީއެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !