22 ސެޕްޓެމްބަރ 2018 ( ހޮނިހިރު )

banner

ރައީސް ޔާމީނު ދާދި ދެންމެއަކު ފުވައްމުލަކަށް ވަޑައިގެންފި

ރައީސް ޔާމީނު ދާދި ދެންމެއަކު ފުވައްމުލަކަށް ވަޑަގެންފިއެވެ. ރައީސް ޔާމީނަސް މަރުޙަބާ ދެންނެވުމަށް ގިނަ އަދދެއްގެ ޕީޕީއެމް ސަޕޯޓަރުން ފުވައްމުލަކު އެއަރ ޕޯޓައެ އެއްވެ ތިއްބެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އެކި އުމުރު ފުރާގެ މީހުން ތިއްބެވެ.

ދައުލަތުގެ މިޑިއާއިން ހާމަކުރި ގޮތުގައި މިއީ ސަރުކާރުން ފުވައްމުލަކުަގއި ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް ކުރައްވާ ރަސްމީ ދަތުރު ފުޅެކެވެ. އަދި މިރޭ ފުވައްމުލަކުގެ ރައްޔިތުންނާއި ރައީސް ޔާމީނު ބައްދަލު ކުރައްވާނެއެވެ.

މއަދު ރައީސް ޔާމީނަށް މަރުހަބާ ދެއްނެނވުމަށް އެއަރޕޯރޓަށް ދިއުމަށް ފުވައްމުލަކުގެ ސްކޫލްތަކާއި މުއައްސަސާތަކާއި ކުންފުނި ތަކުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސްކޫލު ކުދިން ވެސް އެއަރޕޯރޓަށް ރައީސަށް މަރުހަބާ ދަންނަވަން ދިއުމަށް އަންގާފައިވާ ކަމަށް ވެއެވެ. އަދި އެގޮތުން ފޮނުވާފައިވާ ކަމަށް ބެލެވޭ އެސްއެމްއެސްއެއް މޮކަލް ނޫހަށްވެސް ލިބިފައިވެއެވެ.

އެއަރޕޯރޓަށް ދިޔަ ގިނަ ބަޔަކު ގޮސްފައި ވަނީ ގައުމީ ދިދަ ހިފައިގެން ގައުމީ ކުލައިގެ ހެދުމުގައެވެ. އެއީ ރައީސްގެ ދަތުރުފުޅަކީ ގައުމީ ކަމެއްކަމުގައި ދެކިގެން މަރުޙަބާ ދެއްވުމަށް ދިޔަ މީހުން ކަމަށް ގަބޫލުކުރެއެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރަށަށް ވަޑައިގަންވާނަމަ މަރުހަބާ ދެންނެވުމަށް ދިއުމަކީ އެކަމުގައި މައްސަލއެއް އޮތް ކަމެއް ކަމުގައި ގިނަ ބަޔަކު ނުދެކެއެވެ. ނަމަވެސް މައްސަލައަކީ ޕީޕީއެމް ކެމްޕޭނު ދަތުރެއްގެ ގޮތުގައި އަޑުފެތުރި އެކުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާ އަދި އެކަމުގެ ލިޔުންތައް ބޭނުންކޮށްގެން ސިވިލް ސާވިސް މުވައްޒަފުންނާއި ސްކޫލް ދަރިވަރުން ބޭނުން ކުރާކަމަށް ކުރެވޭ ތުހުމަތެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ޕީޕީއެމް ފުވައްމުލަކު އޮފީހުގެ ފަރާތުން އާއްމުނަށް ދައުވަތު ފޮނުވާތީ މިއީ ޕީޕީއެމް ކެމްޕޭން ބައދަލުވުމެއް ކަމަށް ދެހަވެއެވެ. އަދި މިރޭގެ ބައްދަލުވުމަށް ތަން ޒީނަތްތެރި ކުރެވިފައި ވަނީ ދިވެހި ގައުމީ ދިދައަކުން ނޫނެވެ. ޕީޕީއެމް ގެ ލޯގޯއާއި ކުލަ އަދި ކެމްޕޭން ލޯގޯތަކުން ނެވެ.    

 މިރޭގައި ފުވައްމުލަކު ފެނާއި ނަރުދަމާ އިފުތިތާޙު ކުރުމާއި ފުވައްމުލަކުގައި އަޅާފައިވާ ފްލެޓުތައް ހުޅުވުން އަދި ފުވައްމުލަކު ނޭޗަރ ޕާކް ހުޅުވުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ޚިޔާލު