ކުރިން ފުވައްމުލަކު ހިނގި ހާދިސާއެއް ފުލުހުން ހަރަކާތްތެރިވަނީ ފޮޓޯ:ސަން ޑޮޓް އެމްވީ
ފުވައްމުލަކުގައި ވަޅި ހަމލާދި އިއްޔެ ހިންގި މާރާމާރީއަކީ ދޫނޑިގަމު އަވަށުގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިގި ހަމަނުޖެހުމެއް ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގައި ޒަޚަމްވީ އުމުރުން 33 އަހަރުގެ ފިރިހެނެވެ. ފުލުހުން ތަހުގީގު ކުރުމުން ދާ މި މައްސަލާގައި 28 އަހަރުގެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައި ވާކަމަށް ވެއެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ހާމަކުރެއްވި ގޮތުން ހަމަލާގައި އަނިޔާވި މީހާގެ ކަރާއި ބޮލަށާއި ބުރަކަށްޓަށް އަދި ބަނޑަށް ވެސް ވަޅިން ހަމަލާ ދީފައި ވެއެވެ. ނަމަވެސް އެހަމަލާގެ އަނިޔާ އެހާ ސީރިއަސް ނޫންކަމަށް ވެއެވެ.
މިކަލް ނޫހަށް މައުލޫމާތު ދިން މީހާކު ބުނި ގޮތުގައި ޒަޚާމްވެގެން ހޮސްޕިޓަލަށް ގެނައި މީހާގެ ޒަޚަމްތަކުގެއި ބޭސް އެޅުމަށްފަހު ވަނީ ގެއަށް ދޫކޮށްލާފައެވެ.
މިއީ މައްސަލާގެ އަސްލު އެނގޭގޮތް ވަނީ ނުވެފައެވެ.
ރިޔާސި އިންތިޚާބަށް ބޯމަތި ވެފައި ވަނިކޮށް ޖަލުން ގިނައަދަދެއްގެ ކުށްވެރިން ވަނީ މުޖުތަމިއަށް ދޫކޮށްލާފައެވެ. އޭގެތެރޭގައި ފުވައްމުލަކުގެ ބަޔަކު ވެސް ހިމެނެއެވެ.