13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

ފުވައްމުލަކުގެ ހޮސްޕިޓަލުގެ އާ ނަން ބޯޑު ފޮޓޯ: އަހުމަދު އިބްރާހިމް

ފުވައްމުލަކުގައި ރޭ ވެސް މާރާމާރީއެއް ހިންގައިފި

ރޭ ވެސް ފުވައްމުލަކުގައި މާރާމާރީއެއް ހިންގައިފިއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިސްކިތްމަގު އަވަށުގެ ގެއެއްގައި ހިންގި  މިމާރާމާރީގައި ޒަޚަމްވި ފިރިހެންމީހާ ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިހާދިސާ ހިނގި ކަމަށް ވަނީ އެއް އާއިލާގެ ފިރިހެން ދެބެއިންގެ ދެމެދުގައެވެ. ބޭބެ (ގާތްގަޑަކަށް 45-50 އަހަރު) ނިދަން އޮތްވާ ކޮއްކޮ ވަޅިއެއް ހިފައިގެން އައިސް ބޭބެ އަށް ހަމަލާ ދޭން އުޅުމުން ބޭބެ ވަޅި އަތުލީ އެވެ. އެއާއެކު ބޭބެގެ މޫނަށް ހަމަލާދިނީ ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

ކޮއްކޮ އާއި ބޭބެ މައްސަލަ ޖެހިގެން އުޅޭ ސަބަބެއް އެގޭގޮތެއް ނުވިއެވެ.

ކޮއްކޮ އަކީ ދާދި ފަހުން ޖަލުން ދޫކޮށްލުމުން ރަށަށް އައިސް އުޅޭ މީހެކެވެ. ކޮށްކޮ ރަށަށް ގެނައުމަށް ވެސް ބޭބެ އެހީތެރިވެ ފްލައިޓުން ޓިކެޓް ނަގައިދީ ހެދިކަމަށް ވެސް ވެއެވެ. ބޭބެއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މިދުވަސްވަރު މުޅި ރާއްޖޭގައި ވެސް އަންނަީ މާރާމާރީތައް އިތުރު ވަމުންނެވެ. އިއްޔެ ފުވައްމުލަކުގައި ވެސް ވަނީ ވަޅިން މީހަކަށް ހަމަލާ ދީފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު