A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީނު ފުވައްމުލަކުން އެނިންމާލެއްވީ މުޅި ސިޔާސީ ހަޔާތް – މަލީހް

ފުވައްމުލަކުން ރައީސް ޔާމީން އެ ނިންމަވާލެއްވީ ރިއާސި އިންތިޚާބުގެ ކެމްޕޭނު ދަތުރުތައް އެކަނި ނޫންކަމަށާއި އެނިންމަވާލެއްވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހު މިހެން ވިދާޅުވީ އިއްތިހާދުން ރޭ ރ.މީދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި  ވާހަކަ ދައްކަވަމުންނެވެ. މަލީހު އިތުރަށް ވިދާޅުވީ، މީގެ ފަހުން އެއްވެސް އިންތިޚާބެއްގައި ރައީސް ޔާމީން ވާދަނުކުރައްވާނެ ކަމަށެވެ.

ރ.މީދޫ ރައްޔިތުން މީގެ ފަސް އަހަރު ކުރިން ވޯޓު ދިނީ ރައީސް ޔާމީނަށް އެކަނި ނޫން ކަމަށާއި ރައްޔިތުން ވޯޓު ދިނީ އެމަނިކުފާނު ވެރިކަމަށް ގެނައުމުގެ ބުރަ މަސައްކަތުގައި އޭރު އުޅުއްވި ސިޔާސީ ހުރިހާ ލީޑަރުންނަށް ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅުންނަށް ޖައްސާފައިވާ ހާލާއި އަދި މީދޫ ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެމްބަރާމެދު އަމަލުކޮށްފައިވާ ގޮތާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީނަކީ ހެޔޮކަމެއް ކޮށްދީފި ކޮންމެ މީހަކަށް ތެޔޮހަމެއް ދެއްވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ ޒުވާނުންގެ ދުޝްމަނެއް ކަމަށާއި އަދި ސިޔާސީ ނިޒާމުގެ ވެސް ދުޝްމަނެއް ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ހެޔޮނުވާނެ ކަަމަށް މަލީހު ވިދާޅުވިއެވެ.

“އެމްއެމްއޭގައި ބަހައްޓާ ފައިސާކޮޅު ތިޖޫރީގައި އެބަހުރިތޯ. ރައީސް ޔާމީނަށް ތިޖޫރީގެ ތަޅުދަނޑި ހަވާލުކުރަން ހެޔޮނުވާނެ. އެމަނިކުފާނަށް ބަޑިގުދަނުގެ ތަޅުދަނޑި ހަވާލުކުރަން ހެޔޮނުވާނެ. އެމަނިކުފާނަށް ރައްޔިތުންގެ އިތުބާރު މުޅިން ގެއްލިއްޖެ. ސަބަބަކީ ރައްޔިތުންނަށް އަނިޔާވެރިވެފައިވާތީ” މަލީހު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !